ads
ރައީސް ނަޝީދު
ޗެއާޕާސަންގެ މަގާމުގަ ހުންނަ މީހާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުން ރަނގަޅެއް ނޫން: ނަޝީދު
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުރެގެން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަށާއި އެ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަކީ ވެސް ރަނގަޅެއް ކަމަށް މި ވަގުތު ޗެއާޕާސަން ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަށް ރިޔާސީ ޓިކެޓަށް ވާދަ ނުކުރެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހަޅަން އުޅޭ ކަމުގެ އަޑު ފެތުރިފައިވާތީ އެކަމާ ގުޅިގެން ނަޝީދު ދެކިވަޑައިގަންނަވަނީ ކިހިނެތްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ޗެއާޕާސަންގައި އިނދެގެން ރިޔާސީ ރޭހަކަށް ނުކުތުމަކީ ރަނގަޅު ކަމެއް ގޮތުގައި އަޅުގަނޑު ނުދެކެން." އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު މަހު ކޮންގްރެސް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޗެއާޕާސަންގެ ދައުރު ތެރެއިން ވާދަކުރުމަކީ ރަނގަޅު ކަމެއް ވެސް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދު ޗެއާޕާސަންގެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުވި ހިސާބުން ފެށިގެން ބައެއް ފަރާތްތަކުން އަންނަނީ ނަޝީދު ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ވެސް ބުނަމުންނެވެ. ނަމަވެސް ނަޝީދު ތަކުރާރުކޮށް އެ ތުހުމަތުތައް އިންކާރު ކުރައްވަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން އިންތިހާބުގައި ވާދަކުރައްވާނެ ކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ފައްޔާޒު އެކަންޏެވެ. ނަމަވެސް، ކުރީގެ ރައީސް އިބޫ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. 



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;