ads
ޗެއާޕާސަން އިންތިހާބުގެ ކެމްޕއިންގެ ތެރޭގައި ރައިސް ނަޝީދު
އެއްވުމުގެ ތެރެއަށް ހަމަލާދީފާނެކަމުގެ ބިރު އަބަދުވެސް އޮވޭ: ނަޝީދު
ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާނަމަ އެމްއެންއެޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ނިންމުމުން އެކަމުގެ ކަންބޮޑުވުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.
Advertisement

241 ކޮމިޓީން ވަނީ 'އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު' އިސްލާހުކޮށް ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާނަމަ އެމްއެންއެޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް ފާސްކޮށްފައެވެ. 

މިކަމާއި ގުޅިގެން މިއަދު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސުން އެއްވުމަކަށް ވަޑައިގަންނަވާ ނަމަ ސެކިއުރިޓީ މެދުކަނޑާލުމަކީ ރާއްޖެއަށް ސަލާމަތީ ގޮތުން އޮތް ނުރައްކަލަކަށްވާނެ ކަމަށެވެ. އެގޮތުން އާއްމުކޮށް ސިޔާސީ ވެރިންނަަށް ހަމަލާދީފައިވަނީ އެއްވުންތަކުގެ ތެރެއިންކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ.

" މިކަމާ ކަންބޮޑުވަނީ އެނގިވަޑައިގަންނަވާނެ ސިޔާސީ ވެރިންނަށް ހަމަލާ ދެވިފައި ގިނައިން ހުރީ އެއްވުންތަކުގެ ތެރެއިން. ރާއްޖޭގެ އެކަންޏެއް ނޫން، ސައުތު އޭޝިއާއަށް ބައްލަވާލެއްވިޔަސް، އޭޝިއާ ގައުމުތަކަށް ބައްލަވާލެއްވިއްޔަސް، އެފްރިކާއަށް ބައްލަވާލެއްވިއްޔަސް، ގިނަ ފަހަރަށް ހަމަލާދެވިފައި ހުންނަނީ ސިޔާސީ އެއްވުމެއްގެ ތެރެއިން،" ނަޝީދު ވިދާޅުވިއެވެ.

އެގޮތަށް ދެވޭ ހަމަލާތަކުގައި ވަށައިގެން ތިބޭ އެތައް ބަޔަކަށް ގެއްލި މަރުވެގެންދާ މީހުންގެ އަދަދު 30 އިން މައްޗަށް އަރާކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި 241 ކޮމެޓީގެ ނިންމުމަކީ ރާއްޖެއަށް ސަލާމަތީ ގޮތުން އޮތް ނުރައްކަލަކަށްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އެންމެ ބޮޑަށް ސަލާމަތީ ބާރުތަކުން ސަލާމަތްތެރިކަން ބަލަހައްޓަން މި ޖެހެނީ އެއްވުމެއްގެ ތެރެއިން. އެއްވުމެއްގެ ތެރެއަށް ޓެރަރިސްޓު ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އަބަދުވެސް އޮންނާނެ. އެހެންވީމާ އެކަމުން އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބެން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާނަމަ އެމްއެންއެޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހު ކުރަން ހުށައެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ.

ކޮމެޓީން މި ނިންމުން ފާސްކުރީ ކޮމެޓީގައި ހިމެނޭ ޕީއެންސީގެ މެމްބަރުންގެ ތާއީދާއެކުއެވެ. މި އިސްލާހު ގެންނަން ނުފެންނަކަމަށް ވޯޓް ދެއްވީ ތިން މެމްބަރެކެވެ. އެ މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)އާއި ސަރުކާރަށް ތާއީދުކުރައްވަމުން ގެންދަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމާއި އަމިއްލަ މެމްބަރު ތުޅާދޫ ދާއިރާގެ މެމްބަރު އްބްދުލްހަންނާން އަބޫބަކުރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;