ޝުޖާއު ތިނަދޫ ކައުސިލަށް އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގަ އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމު 3000 މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ މިހާރު ވަނީ އުވާލާފަ އެވެ. އެއާއިއެކު ޝުޖާއު ވަނީ އެމްޑީޕީއާއި މިހާރު ގުޅިވަޑައިގެންފައެވެ.
އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްްގެ ރައީސް ކަމަށް ދަ ޑިމޮކްރެޓްސްގެ ހައިސިއްޔަތުން އިންތިހާބުވުމަށް ފަހު ދައުރު ފެށުނު ފަހުން މެއި 19 ވަނަ ދުވަހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާކަން ކޮމިޝަނުން އަންގާފައިވާ ކަމަށް ސިޓީގައިވެ އެވެ.
އެލްޖީއޭ އިން ބުނީ ޝުޖާއު އަލީ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޖޫން 30 ވަނަ ދުވަހު ބޭއްވި ބޯޑް ބައްދަލްވުމުން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޝުޖާއުގެ ގޮނޑި ގެއްލުވާލީ ގާނޫނާ ހިލާފަށްކަމަށެވެ. އެގޮތުން ޝުޖާއު ވަކިކުރަން އެލްޖީއޭއިން ހަވާލާދީން ގާނޫނުގެ މާއްދާއަކީ އެއްވެސް މީހަކު މަގާމުން ވަކިކުރެވޭނެ މާއްދާއެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށައެޅުމަށް ތައްޔާރުވަމުން އަންނަކަން ނަޝީދު ފާހަގަކުރެއްވިއެވެ.
އެލްޖީއޭއިން ސުޖާއު އަލީގެ ގޮނޑި ގެއްލިއްޖެކަަމަށް ކަނޑައަޅާފައިވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ބެހެއްޓުމަށްފަހުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;