ads
ވަކި ޕްކޭޖްތައް ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނަށް ދިރާގު ލިމިޓެއްނެތް ފައިބަ ޕްލޭންތަކަށް އެއްވެސް އިތުރު ފީއަކާ ނުލާ މި މަހުގެ ނިޔަލަށް އަޕްގްރޭޑްކުރެވޭނެ.
މިހާރު ދިރާގުން ލިމިޓެއްނެތް ފައިބާއަށް ހިލޭ އަޕްގްރޭޑް ކުރެވޭނެ
ދިރާގު ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެއްވެސް އިތުރު ފީއަކާ ނުލައި ދިރާގު ލިމިޓެއްނެތް ފައިބާ ޕްލޭންތަކަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
Advertisement

މި ޕްރޮމޯޝަންގެ ދަށުން، ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ މަސްދުވަހުގެ މުއްދަތަށް އިތުރު ފީއަކާ ނުލާ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ކަނޑައެޅިފައިވާ ވަކި ޕްކޭޖްތައް ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނަށް ދިރާގު ލިމިޓެއްނެތް ފައިބަ ޕްލޭންތަކަށް އެއްވެސް އިތުރު ފީއަކާ ނުލާ މި މަހުގެ ނިޔަލަށް އަޕްގްރޭޑްކުރެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން، ފައިބާ 5އެމް ސްޓާޓާ، ފައިބާ 5އެމް ބޭސިކް، ފައިބާ 5އެމް، ފައިބާ 10އެމް ބޭސިކް އަދި ފައިބާ 15އެމް ސްޓާޓާގެ އިތުރުން ޝަރުތުހަމަވާ އެހެނިހެން ޕެކޭޖުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ލިމިޓެއްނެތް ފައިބަރު ޕެކޭޖަށް ހިލޭ އަޕްގްރޭޑް ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ޕެކޭޖު އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އަޕްގްރޭޑް ޕޯޓަލް ނުވަތަ މައި އެކައުންޓް މެދުވެރިކޮށް މި ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ އެވެ. މީގެ އިތުރުން ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ވެސް ޕެކޭޖް އަޕްގްރޭޑް ކުރެވޭނެ އެވެ.

ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ދިރާގުން އަންނަނީ އީޖާދީ އުފެއްދުންތަކާއި އާ ހިދުމަތްތައް މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދިނުމަށްޓަކައި އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;