ގައިދީއެއްގެ ގަޔަށް ހޫނު ފެންނަ އަޅައި ފިއްސާލި މައްސަލައެއް ފެންމަތިވީ އޯގަސްޓް 18، 2021، ގަ އެވެ. އެ ގައިދީއަކީ މާފަންނު ޕޮލިސް ސްޓޭޝަނުގެ ތެރޭގައި ބަންދުކޮށްފައި ހުރި މީހެކެވެ.
އެ ގައިދީ ގަޔަށް ހޫނު ފެން ޖެހި މައްސަލައިގައި ދައުލަތުން ވަނީ 15 ފުލުހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އެ އެމްމެންގެ މައްޗަށް ކުރީ ޓޯޗާގެ އަމަލެއް ހިންގިކަމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްފަހހު ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހަކު ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ކަން ހިނގި ގޮތް އޮޅުވާލައިގެންކަމަށް ބުނެ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. އަދި ގައިދީ ގަޔަށް ހޫނު ފެން ޖެހިތަން އޭނާއަށް ފެނިފައި ނުވާކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ. އަދި އެފަދަ ކަމެއް ހިނގިކަންވެސް ނޭގޭކަމަށް އޭނާ ވަނީ ބުނެފައެވެ.
ގައިދީ ގަޔަށް ހޫނު ފެން އެޅިއިރު ދައުވާ ކުރި ފުލުސް މީހާ އެތަނުގައި ހުރި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ވަނީ މި މައްސަލގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައެވެ.
މި މައްސަލަ ނިންމާ ސިިވިލް ކޯޓުން ިއއްވި ހުކުމުގައި ބުނެފައިވަނީ އެ ފުލުސް މީހާ ވަޒީފާއިން ވަކި ކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަށްފަހު ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަން ކަނޑައެޅެން ނެތް ކަމަށް ވެސް ކޯޓުގެ ހުކުމުގައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;