ads
ފުރިހަމަ ނޫން 12،000ވުރެ ގިނަ އެޕްލިކޭޝަން، ރަނގަޅުކުރަން 14 ދުވަސް ދީފި
ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރޭގައި ފުރިހަމަ ނޖުވާ 12،000 ވުރެ ގިނަ އެޕްލިކޭޝަން ހުރުމުން އެކަންކަން ރަނގަޅުކުރަން 14 ދުވަހުގެ މުއްދަތެއް އިކޮނޮމިކް މިނިސްޓްރީން ދިފިއެވެ.
Advertisement

އިކޮނޮމިކް މިނިސްޓްރީްނ ބުނީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން، ބައެއް މަރުޙަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ގިނަ ހުށަހެޅުންތަކެއް ހުރިކަން ފާހަހަކުރެވިފައިވާކަމަށެވެ. އެގޮތުން ފުރިހަމަނުވާ 12500 އެޕްލިކޭޝަން ހުރިކަން މިނިސްޓްރީން ފާހަގަކުރެއެވެ. 

މިގޮތުން ހުޅުވާލާފައިވާ އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ:

  •  ކުންފުނީގެ ނަން ރިޒާވްކުރުމަށް އެދި ހުށަހަޅައި، ފައިސާ ދެއްކުމުގެ މަރުޙަލާއާ ހަމައަށް ދިއުމަށްފަހު، ފައިސާ ނުދެއްކުމުގެ ސަބަބުން މުޅިން ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތައް.
  • ވިޔަފާރި ނުވަތަ ވިޔަފާރީގެ ނަން ރިޒާވްކުރުމަށްފަހު، ރަޖިސްޓްރީކުރުމުގެ މަރުޙަލާ ފުރިހަމަނުކޮށް ހުރި އެޕްލިކޭޝަންތައް.
  •  ވިޔަފާރި ނުވަތަ ވިޔަފާރީގެ ނަން ރިޒާވްކޮށް، ރަޖިސްޓްރީކުރުމަށް ފޯމު ހުށަހަޅައި، ފައިސާ ދެއްކުމުގެ މަރުޙަލާއާ ހަމައަށް ދިއުމަށްފަހު، ފައިސާ ނުދެއްކުމުގެ ސަބަބުން ރަޖިސްޓްރީ މުޅިން ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތައް.
  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވް ކުރުމަށްފަހު، ނަން ބަދަލުކުރުމަށް ހުށަހެޅުން، މުޅިން ފުރިހަމަ ކުރެވިފައި ނުވާ އެޕްލިކޭޝަންތައް.
  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވްކޮށް، ނަން ބަދަލުކުރުމަށް ހުށަހެޅުނު ފޯމު ފުރިހަމަކޮށް، ފައިސާ ދެއްކުމުގެ މަރުޙަލާއާއި ހަމައަށް ހުށަހެޅުން ކުރިއަށް ގެންދެވި، ފައިސާ ނުދެއްކުމުގެ ސަބަބުން، ނަން ބަދަލުކުރަން ހުށަހުޅި ހުށަހުޅުން މުޅިން ފުރިހަމަ ކުރެވިފައި ނުވާ އެޕްލިކޭޝަންތައް        

ވީމާ، 16 ޖުލައި 2026 ވާ ބުރާސްފަތި ދަވަހު 14:00 ގެ ކުރިން އެޕްލިކޭޝަންތައް ފުރިހަމަކޮށް، ފައިސާ ދައްކަންޖެހޭ އެޕްލިކޭޝަންތަކަށް ފައިސާ ދައްކާ ނިންމުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި މި މުއްދަތުގެ ފަހުން، ނުނިމި ހުރި އެޕްލިކޭޝަންތައް އިތުރު އެންގުމަކާ ނުލައި ސިސްޓަމުން ބާތިލުކުރާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;