އިންސްޓަގްރާމްގައި އޭނާ އާންމުކުރި މި ކްލިޕްތަކުގައި މައިގަނޑު ގޮތެއްގައި ފެންނަނީ އޭނާގެ ފިޓްނަސް ކަސްރަތުތަކުގެ ހަރުދަނާ ވަގުތުތަކާއި އެކި ގައުމުތަކަށް ކުރި ދަތުރުތަކުގެ ހިތްގައިމު މަންޒަރުތަކެވެ.
ސަމަންތާއަކީ އަބަދުވެސް އޭނާގެ ސިއްހަތާއި ފިޓްނަސްއަށް ބޮޑު ސަމާލުކަމެއް ދޭ ތަރިއަކަށް ވުމުން، ޖިމްގައި އޭނާ ކުރާ ބުރަ ކަސްރަތުތަކުގެ މަންޒަރުތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ތެރެއިން ގުދުރަތީ ރީތި މަންޒަރުތަކާ އެކު އޭނާ ހޭދަކުރި ހަމަހިމޭން ވަގުތުތައް ފެންނަ ވީޑިއޯތަކުން ސަޕޯޓަރުންނަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. މިއީ އޭނާގެ ދިރިއުޅުމުގެ އާދަކާދަތައް ހުރިގޮތް ސާދާކޮށް ދައްކާލުމަށް ކުރި ޕޯސްޓެކެވެ.
މި ޕޯސްޓް އާންމުކުރުމާ އެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެތައް މިލިއަން ލައިކްސްއެއް ލިބިފައިވާއިރު، ސަޕޯޓަރުން ދަނީ ސަމަންތާގެ ހިތްވަރަށާއި ރީތިކަމަށް ތައުރީފުކޮށް ކޮމެންޓް ކުރަމުންނެވެ. އޮޓޯއިމިއުން ބައްޔެއް ކަމަށްވާ މައިއޮސައިޓިސްއާ ހަނގުރާމަކުރުމަށް ފަހު، ސަމަންތާ އަލުން ދިރިއުޅުމައިގެން ކުރިއަށްދާ ވަރުގަދަ އަޒުމް މިފަދަ ވީޑިއޯތަކުން ފެންނާތީ ސަޕޯޓަރުން ތިބީ ވަރަށް އުފަލުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;