ads
ކަންގަނާ
އަބުރާ ބެހުމުގެ މައްސަލައެއް: ކަންގަނާ ކޯޓަށް ހާޒިރުވީ އޮންލައިންކޮށް
ބޮލީވުޑްގެ ބަތަލާ އަދި އިންޑިއާގެ ޕާލިމެންޓް މެންބަރު ކަންގަނާ ރަނާވަތު، އޭނާގެ މައްޗަށް ހުށަހަޅާފައިވާ އަބުރާ ބެހުމުގެ މައްސަލައެއްގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވީ އޮންލައިންކޮށް (ވާޗުއަލްކޮށް) ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
Advertisement

އިންޑިއާގެ ޕަންޖާބުގެ ބަތިންދާ ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ އަޑުއެހުމުގައި ކަންގަނާ ބައިވެރިވެފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މިއީ އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެން ކުރިއަށްދާ މައްސަލައެއް ކަމުން މީޑިއާގެ ބޮޑު ސަމާލުކަމެއް މިކަމަށް ވަނީ ލިބިފަ އެވެ.

މި މައްސަލައަކީ މީގެ ކުރިން އިންޑިއާގައި ދަނޑުވެރިން ކުރި ބޮޑު މުޒާހަރާގެ ތެރޭގައި، މުޒާހަރާގައި ބައިވެރިވި އުމުރުން ދުވަސްވީ އަންހެނަކާ ބެހޭ ގޮތުން ކަންގަނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. 

އެ ޕޯސްޓުގައި ކަންގަނާ ވަނީ އެ އަންހެން މީހާއަކީ ފައިސާދީގެން މުޒާހަރާއަށް ނެރެފައިވާ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ. މި ވާހަކަތަކުގެ ސަބަބުން އަބުރަށް ހުތުރުވެފައިވާ ކަމަށް ބުނެ އެ އަންހެން މީހާގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

މި މައްސަލައިގެ އަޑުއެހުންތަކަށް ކަންގަނާ މީގެ ކުރިން ބަހަނާ ދައްކައި ހާޒިރުނުވާ ކަމަށް ބުނެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް، މިފަހަރުގެ އަޑުއެހުމުގައި އޭނާ އޮންލައިންކޮށް ބައިވެރިވީ ކޯޓުގެ ހުއްދައާ އެކުގަ އެވެ. ކަންގަނާގެ ވަކީލުން ބުނާ ގޮތުގައި އޭނާއަކީ މިހާރު ސިޔާސީ ގޮތުން ވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާ މީހަކަށް ވާތީ، ކޯޓަށް ހާޒިރުވުމުގައި އޮންލައިން ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތަށް ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;