މި ދެ ތަރިން މުމްބާއީގެ މޫސުމާ އެކު ވަގުތު ހޭދަކުރަމުންދާ ރީތި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ސަޕޯޓަރުންގެ ބޮޑު ސަމާލުކަމެއް މި ޖޯޑަށް ވަނީ ލިބިފަ އެވެ.
މުމްބާއީގެ ވިއްސާރަ މޫސުމަކީ އަބަދުވެސް ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މޫސުމެކެވެ. ވިކީ އާއި ކެޓްރީނާ އެމީހުންގެ ބުރަ މަސައްކަތްތަކުން ހުސްވަގުތުކޮޅެއް ހޯދައިގެން، ގޭގެ ބެލްކަނީގައި އަދި ބޭރުގައި އެކުގައި ލޯބިވެތި ވަގުތުތަކެއް ހޭދަކުރަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ. މި ދެ ތަރިންގެ ގާތް ގުޅުމާއި ސާދާ ދިރިއުޅުން ފެންނަ މިފަދަ މަންޒަރުތަކަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
ކައިވެންޏަށް ފަހު ވެސް ވިކީ އާއި ކެޓްރީނާގެ ދެމެދުގައި އޮތް ވަރުގަދަ ލޯބި މި ފޮޓޯތަކުން ހާމަވެ އެވެ. ސޯޝަލް މީޑިއާގައި އެމީހުންގެ ސަޕޯޓަރުން ބުނަމުންދަނީ މިއީ ބޮލީވުޑްގެ އެންމެ "ޕާފެކްޓް" ކަޕުލް ކަމަށާއި، މުމްބާއީގެ ވިއްސާރައިގައި އެމީހުން ފެންނަލެއް ވަރަށް ފުރިހަމަ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;