ads
ފިނޭންސް މިނިސްޓްރީ
ރިސޯޓު ކުލީގެ މުއްދަތު އިތުރުކޮށްގެން ދައުލަތަށް 120 މިލިޔަން ޑޮލަރު
މިިދޔަ އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިން 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބުނު ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓް ނަތީޖާ ބަޔާނުން ހާމަވެއްޖެ އެވެ.
Advertisement

ފިނޭންސް މިނިސްޓްރީގެ ބަޖެޓް ނަތީޖާ ރިޕޯޓުން ދައްކާގޮތުން 2025ވަނަ އަހަރު ރިސޯޓު ކުލީގެ މުއްދަތު އިތުރު ކުރުމަށްދިން ފުރުޞަތުގައި، 18 ފަރާތަކުން ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމަށް ފީދައްކާފައިވެ އެވެ. އަދި ރިސޯޓުތައް ތަރައްގީ ކުރުމަށް 15 ފަރާތަކުން ވަނީ ބިން ވިއްކުމާއި ބަދަލު ކުރުމަށް ނަގާ ފީގެ ގޮތުގައި 196 މިލިއަން ރުފިޔާ ދައްކާފަ އެވެ.

މިދިޔަ އަހަރުގެ މާޗު މަހު ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން މުއްދަތު އިތުރު ކުރުމަށް އަވަހަށް ފައިސާ ދެއްކުމުން ރިސޯޓުތަކަށް ބޮޑު ލުއިތަކެއް ލިބުނެވެ. ޓޫރިޒަމާ ބެހޭ ގާނޫނަށް ނިމިދިޔަ އަހަރު ގެނެސްފައިވާ ބަދަލާއި އެކު، މުއްދަތު އިތުރު ކުރުމަށް އަވަހަށް ފައިސާދެއްކުމުން ރިސޯޓްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ލިބިފަ އެވެ. 

އެ އިސްލާހަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި، ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް 50 އަހަރަށް ދޫކުރުމަށްފަހު، އެ ތަނުގެ މުއްދަތު 49 އަހަރަށް އިތުރުކުރާ ހާލަތުގައި، ދައްކަން ޖެހެނީ ފަސް މިލިއަން ޑޮލަރެވެ. އަދި އެ މުއްދަތު 20 އަހަރަށް އިތުރުކުރާ ނަމަ ދައްކަން ޖެހޭނީ 2.5 މިލިއަން ޑޮލަރެވެ.

25 އަހަރަށް މުއްދަތު އިތުރުކުރާ ނަމަ ތިން މިލިއަން ޑޮލަރު ދައްކަންޖެހޭނެ އެވެ. އެ ފައިސާ ދައްކަން ޖެހޭނީ އެއްފަހަރާއެވެ. ހަމައެހެންމެ، އެ އިސްލާހަށް އަމަލުކުރަން ފަށާތާ ހަ މަސް ފަހުން 49 އަހަރަށް މުއްދަތަށް އިތުރަން ބޭނުންނަމަ އެއް ފަހަރާ 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;