ads
ކުޑަކުދިންގެ ޕާކެއް
އޮސްޓްރޭލިއާގެ އެހީގައި ޕާކުތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
އޮސްޓްރޭލިއާގެ އެހީގައި ކުޑަކުދިންގެ ޕާކުތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީން ބުނެފި އެވެ.
Advertisement

ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި މިކަމާއި ގުޅުން ހުރި ހުރިހާ މައުލޫމާތެއްް މިހާރު ވަނީ ކައުންސިލުތަކަށް މެއިލުން އަންގާފަ އެވެ.

މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރަށު ކައުންސިލް އަތޮޅު ކައުންސިލްތަކަށް އަދި ސިޓީ ކައުންސިލްތަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށް އެ އެމްބަސީން ބުނެ އެވެ. 

އެ އެމްބަސީން ފާހަގަ ކޮށްފައިވާ ގޮތުގައި އެ ސާމާނަކީ އޮސްޓްރޭލިއާގެ އެކި ޕާކްތަކުގައި ބޭނުން ކުރެވިފައިވާ ސާމާނުތައް ނަމަވެސް އަދިވެސް އެ ތަކެތީގެ ފެންވަރު ވަރަށް ރަނގަޅު ކަމަށާއި އެ ތަކެތި މިހާރު ވަނީ ރޫޅާލުމަށް ފަހު ރާއްޖެ ގެންނަން ތައްޔާރު ކުރެވިފައި ކަމުގަ އެވެ. 

" މި ތަކެއްޗަކީ އާ އެއްޗެހި ނޫނަސް މި ތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭތަކެތި ކަމަށް ބެލޭވޭ ސަމާނު. މި ތަކެތީ ކުދި މައްސަލަތައް ހުރުން އެކަށީގެންވޭ އެހެން ކަމުން އެ ތަކެތި ލިބޭ ފަރާތަކުން ޖެހޭނެ މަރާމާތު ކޮށް ބަދަލުކުރަން ޖެހޭ ބައިތައް ބަދަލުކޮށްލަން" އެ އެމްބަސީން ފާހަގަކޮށްފައިވެ އެވެ.

 

އޮސްޓްރޭލިއާގެ އެމްބަސީން އިތުރަށް ފާހަގަ ކުރި ގޮތުގައި މި ތަކެތި ލިބޭ ކައުންސިލްތަކުން އެ ތަކެތި މާލެއިން ރަށަށް ގެންދަން ޖެހޭނީ އަމިއްލަ އަށް ކަމަށާއި އެ ތަކެތީގައި މަރާމާތު ކުރަން ހުރި ކަމެއް ވީޔާ ކުރަން ވެސް ޖެހޭނީ އަމިއްލައަށް ކަމުގައި އެވެ. 

މީގެ އިތުރުން އެ ތަކެތި މާލެ ގެނެވޭތާ އެއްމަސް ދުވަސް ތެރޭގައި ގެންދަން ހަމަ ޖެހިފައިވާ ތަނަކަށް އެ ތަކެތި ގެންދަން ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;