ފުލުހުން ބުނީ މި ހާދިސާގައި ސައިކަލުގެ ފަހަތުގައި އިން 21 އަހަރުގެ މީހާ އެކްސިޑެންޓުވުމުން ސީންގައި މަޑުކުރި ކަމަށާއި އޭނާއަށް އެކިވަރުގެ އަނިޔާ އެކްސިޑެންޓުގައި ލިބުނު ކަމަށެވެ.
މި އެކްސިޑެންޓުގައި ޕާކުކޮށްފައި އޮތް ކާރަކަށާއި އެކްސިޑެންޓުވި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބުނެވެ. މައްސަލައިގެ ތަހުގީގަށް އެކްސިޑެންޓުވި ސައިކަލު ފުލުހުން ވަނީ ޓޯކޮށްފަ އެވެ.
އެކްސިޑެންޓާ ގުޅިގެން ސައިކަލުގެ ފަހަތުގައި އިން މީހާއާ ފުލުހުން ސުވާލުކޮށް، އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ތަހުގީގުގެ ބޭނުމަށް އެކްސިޑެންޓްވި ސައިކަލު މިހާރު ވަނީ ޓޯކޮށްފައެވެ. އަދި ސައިކަލު ދުއްވި މީހާ ހޯދުމާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަހަރުގެ މިހާތަނަށް 6198 މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެކްސިޑެންޓުގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 1531 އެކްސިޑެންޓު ރިޕޯޓުކޮށްފައި ވާއިރު، މިއަހަރުގެ މި މުއްތަތުގައި 1568 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 2 އިންސައްތަ އިތުރު އަދަދެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;