ads
މަރުވި ޓީޗަރު
ހަމަދު ސްކޫލުގައި 18 އަހަރުވީ ބަޔޮލޮޖީ ޓީޗަރެއް ކުއްލިއަކަށް ނިޔާވެއްޖެ
ލ. ގަމު ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލުގައި ބަޔޮލޮޖީ ކިޔަވައިދެމުން އަންނަތާ 18 އަހަރު ވެފައިވާ ޓީޗަރެއް ކަމަށްވާ އައި ސަތީޝް ގޮޕިނަތަން އިއްޔެ ނިޔާވެއްޖެ އެވެ.
Advertisement

އެ ސްކޫލުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓުގައި ބުނީ އެ ސްކޫލުގައި 18 އަހަރާއި 9 މަސް ދުވަހު ހިދުމަތް ކުރެއްވި ޝަތީޝް ކުއްލި ގޮތަކަށް ނިޔާވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެެއް ކަމަށެވެ. 

ސްކޫލުން ބުނީ ސަތީޝް ވަނީ ދިގު މުއްދަތަކަށް ސްކޫލާއި މުޖުތަމައަށް ހިދުމަތްކޮށްދީފައި ކަމަށާއި އޭނާގެ އިލްމާއި އޯގާތެރިކަމާ އެކު އެތައް ޖީލެއް އިންސްޕަޔާކޮށްދިން ކަމަށެވެ. 

ޓީޗަރަކަށް ވުރެ ބޮޑަށް އޭނާއަކީ މެންޓާއެއް ނުވަތަ ގައިޑެއް ކަމަށާއި އެހެންވެ، އޭނާ ކިޔަވައިދިން ކުދިންނާއި އޭނާ ދަންނަ މީހުންގެ ހިތުގައި އަބަދުވެސް އޭނާގެ ހަނދާންތައް އާވާނެ ކަމަށް އެ ސްކޫލުން ބުންޏެެވެ

ހަބަރު ލިބިފައިވާ ގޮތުގައި އިއްޔެ ހަވީރެއްހާއިރު އޭނާގެ ބޮލުގައި ރިއްސާތީ އުޅުނެވެ. އެކަމަކު އޭގެ ފަހުން އެކުގައި އުޅޭ މީހުންނަށް ޚަބަރެއް ނުވެގެން ބެލިއިރު އޮތީ މަރުވެފައި ކަމަށްވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;