ads
މިސްރުގެ ކޯޗު ހޮސާމް ހަސަން: އޭނާ ވަނީ އެ ޓީމަށް ވޯލްޑް ކަޕްގެ ނޮކައުޓްގައި ލިބުނު ތާރީހީ މޮޅު ފަލަސްތީނަށް ހާއްސަކޮށްފައި
ފީފާ ވޯލްޑް ކަޕް: މިސްރުގެ ތާރީހީ މޮޅު ފަލަސްތީނަށް ހާއްސަކޮށްފި
މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ އަތުން މިސްރުން ހޯދި ތާރީހީ މޮޅު، ފަލަސްތީނަށް ހާއްސަކުރާ ކަމަށް މިސްރުގެ ކޯޗު، ހޮސާމް ހަސަން ބުނެފި އެވެ.
Advertisement

މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިސްރުން ހޯދި ފުރަތަމަ މޮޅެވެ. އަދި މި ނަތީޖާއާއެކު، މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި އޭޝިއާގެ ހުރިހާ ޓީމެއް މުބާރާތުން ކެޓީއެވެ.

ގްރޫޕް ސްޓޭޖުގައި މިސްރުން 5 ޕޮއިންޓް އަދި އޮސްޓްރޭލިއާ އިން 4 ޕޮއިންޓް ހޯދައިގެން ދެވަނަ ބުރުގެ ޖާގަ ހޯދީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މެޗަށްފަހު މިސްރުގެ ކޯޗު ހޮސާމް ހަސަން ބުނީ މި ކާމިޔާބީ ހާއްސަކުރަނީ މިސްރާއި ފަލަސްތީނުގެ ހިތްހެޔޮ، ރައްޔިތުންނަށް ކަމަށެވެ.

"އަަހަރެން މި މޮޅު ހާއްސަކުރަން މިސްރުގެ މީހުންނާއި ފަލަސްތީނުގެ މީހުންނަށް ވެސް،" ހޮސާމް ބުންޏެވެ.

މިސްރުން ހޯދި ތާރީހީ މޮޅަށްފަހު، ކޯޗު ޙަސަން އުފާފާޅުކުރީ މިސްރާއި ފަލަސްތީނުގެ ދިދަ ހިފައިގެންނެވެ. އަދި މިސްރުގެ ޓީމު އެކުގައި ވަނީ މާތްﷲ އަށް ޝުކުރުގެ ސަޖިދައެއް ވެސް ކޮށްފަ އެވެ.

ޔަހޫދީން އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ މިނިވަންކަމަށް ގޮވައިލާ އަޑުތައް މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 މުބާރާތުގައި ގަދަ އެވެ. ފަލަސްތީނަށް ތާއީދުކޮށް އެންމެ އަޑުހަރުކޮށް އަޑުއުފުލާފައިވަނީ ތުރުކީވިލާތް، ސްޕެއިން، ސްކޮޓްލެންޑް، ބޮސްނިޔާ އެންޑް ހާޒެގޮވީނާ، މަގްރިބު، ސެނެގޯލް، އަލްޖީރިޔާ، އީރާން އަދި މިސްރަށް ސަޕޯޓުކުރާ މީހުންނެވެ.

your imageމިސްރުގެ ކޯޗު ހޮސާމް ގައިގައި ފަލަސްތީނު ދިދަ އޮޅާލައިގެން

މިސްރުން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި މި ފަހަރުގެ ވޯލްޑް ކަޕްގެ ހަނދާންތައް ތާ އަބަދަށް ގެންގުޅޭނެ ކަމަށާއި އެ ހަނދާންތަކުގެ ތެރޭގައި، ފަލަސްތީނަށް ވެސް ޖާގައެއް އޮތުމަކީ ހޮސާމްގެ ވަރަށް ބޮޑު އެދުމެކެވެ. އެއީ، އޭނާ ފަލަސްތީނު ރަމްޒުކޮށްދޭ ދިދަ ހިފައިގެން އުޅުނު މައިގަނޑު ސަބަބު ކަމަށް.ވެސް ވަނީ ބުނެފަ އެވެ. 

މިސްރުން މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ދެން ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާއާ އެވެ. މިއީ، ހުރިހާ ގޮތަކުން ބެލިޔަސް، ހަތް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ މިސްރަށާއި އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ހާއްސަ މެޗަކަށްވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;