ads
ޖަޕާނުގެ ވިޔަފާވެރިންނާ އެކު ވެބިނާއެއް ބާއްވަނީ
ޖަޕާނުގެ ވިޔަފާވެރިންނާ އެކު ވެބިނާއެއް ބާއްވަނީ
ދިވެހިރާއްޖޭގައި އިވެންސްޓް ކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭގެ ވިޔަފާރީގެ މާހައުލާއި ގުޅޭ އެކި މައުލޫމާތުތައް ހިއްސާކުރުމަށް ޖަޕާނުގެ ވިޔަފާރިތަކަށް ހާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

މިއީ ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ޖަޕާން އެކްސްޓާނަލް ޓްރޭޑް އޮގަނައިޒޭޝަން (ޖެޓްރޯ) އާއި ގުޅިގެން ބާއްވާ ވެބިނާ ކެވެ.

ޖެޓްރޯ އަކީ ޖަޕާނުންގެ ވިޔަފާރިތަކުން އެހެން ޤައުމުތަކުގައި އިންވެސްޓްކުރުމާއި ގުޅޭ ކަންކަމުގައި އެ ގައުމުގައި ހަރަކާތްތެރިވާ ރަސްމީ ޖަމިއްޔާ އެވެ.

މި މަހުގެ 23 ގައި އޮންނަ މިވެބިނާގައި އިކޮނޮމިކް މިނިސްޓަރު ސަޢީދު އާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ސަފީރު މަޚްލޫފްގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ޖެޓްރޯ، ޖަޕާނުގެ އިކޮނޮމިކް މިނިސްޓްރީ އަދި ޖައިކާގެ އިސްވެރިން ވާހަކަ ދައްކަވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;