ads
"ދަ ޕަލްސް" ޕޮޑްކާސްޓްގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ނުފޫޒު ނައްތާލެވިއްޖެ، ފުލުހުންގެ އިދާރާއިން ނުބައި އަމަލުކުރާ އަޑު މިހާރު ނީވޭނެ: ރައީސް
ފުލުހުންގެ ތެރޭގައި، މަސްތުވާތަކެއްޗާ ގުޅުންހުރި ނުފޫޒުތައް މިހާރު ނައްތާލެވިއްޖެކަމަށާއި ފުލުހުންގެ އިދާރާއިން ނުބައި އަމަލެއް ކުރާ އަޑޫ މިހާރު ނީވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުން މިހާރު ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ޤައުމީ މަސައްކަތްތަކުގެ ވާހަަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެޑައިގެންނެވިއިރު ފުލުހުންގެ ތެރޭގައި، މަސްތުވާތަކެއްޗާ ގުޅުންހުރި ނުފޫޒުތަކެއް ހުރިކަމަށެވެ. އެހެންނަމަވެސް މި ދެ އަހަރު ކުރި މަސައްކަތްތަކުން ފުލުހުންގެ ކަންކަން ރަނގަޅުކޮށް އެ ނުފޫޒު ނައްތާލެވިފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" މިސާލަކަށް ރޭޑުކޮށްގެން މި ހޯދާ ތަކެތި އަނެއްކާވެސް އަނބުރާ މުޖުތަމައަށް ދިޔުމާއި، ނުބައި ނުފޫޒުތައް ވެސް ހުރި، އެ ކަންކަންވެސް އެ ވަކިތައް ވެސް ނައްތާލައި، އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާތެރޭގައި މިހާރު ވަރަށް ނީވޭނެ މި ދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއއިއްޒު ވިދާޅުވީ ޑްރަގު މައްސަލަތަކަށް އަންނަ ހައްލާއެކު އެއާއި ގުޅުން ހުރި އެހެން ކުށްތައްވެސް މަދުވަމުން އަންނަކަމަށެވެ. އެގޮތުން ގޭންގު މާރާމާރީތައް މަދުވެ ގޭންގް ކުށްތަކުގައި ހިނގާ މަރުތައްވެސް މަދުވެފައިވާކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން މިކަމުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށްދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ

މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ މި މައްސަލައިގެ އަސްލު ސަބަބުތައް ހޯދައި އެ ކަންތައްތަކަށް ފަރުވާދީގެން ކަމަށް ވިދާޅުވެފައެވެ.

"ސަރުކާރުގެ ސިޔާސަތަކީ ރޫޓް ކޯސްތަކަށް ދިޔުން ކަމަށްވާތީ ހައުސިން މައްސަލަ ހައްލުކުރުމަކީ އެންމެ ބޮޑު އެއް ކަންތައް، އެކަށީގެންވާ ޖޮބް އޮޕަޗިއުނިޓީސް އިތުރުކުރުމަކީ އެއް ކަންތައް، ޒުވާނުންނަށް އެކި ކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހި ކޮށްދިނުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް:" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވިއެވެ. އެކަމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ނަމަވެސް، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިއްކާ ބިމުގެ އިތުރަށް އުތުރުތިލަފަޅުގެ ވަކި ސަރަޙައްދެއް ކަނޑައަޅައިގެން އެތަނުގައި މި މަޝްރޫއު ހިންގުމަށް ނިންމަވާފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;