ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ފާސިން އައުޓް ޕެރޭޑްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ސީޕީ ރޭ ވިދާޅުވީ ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ.
ޒުވާން އޮފިސަރުންގެ ހިތްތަކުގައި ބެހެއްޓުމަށް އެންމެ ބޭނުންފުޅުވާ ވާހަކައެއްގެ ގޮތުގައި ކޮމިޝަނާ ފާހަގަކުރެއްވީ ނޫކުލައިގެ ޔުނީފޯމުގެ މާނައެވެ.
ދުނިޔެ ބަދަލުވެ ކުށުގެ ވައްތަރުތައް އިތުރުވަމުންދާއިރު ހިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ގިނަކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މީހުން ތަމްރީންކުރުމަށް އިސްކަންދެއްވާކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;