ads
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.
ފީފާ ވޯލްޑް ކަޕް: އަލްޖީރިޔާ ބަލިކޮށް، ސްވިޒަލެންޑް ގަދަ 16 އަށް
ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ސްވިޒަލޭންޑުން ކުޅުނު މެޗުގައި އަލްޖީރިއާ ބަލިކޮށް، އެޓީމުން ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.
Advertisement

ކެނެޑާގެ ބީސީ ޕަލޭސް ވެންކޫވާ ދަނޑުގައި ކުޅުނު މެޗު ސްވިޒަލޭންޑުން ކާމިޔާބުކުރީ 2-0 އިންނެވެ.

ގަދަ 32 ޓީމް ވާދަކުރާ މުބާރާތުގެ ދެވަނަ ބުރުގައި ސްވިޒަރލެންޑުން ވަނީ ކޮންމެ ހާފެއްގައި ގޯލެއް އަލްޖީރިޔާ ކޮޅަށް ޖަހާފަ އެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނިޓްގައި ޖެހީ ބްރީލް އެމްބޯލޯ އެވެ. އޭނާ ލަނޑު ޖެހީ 20 އަހަރުގެ މަންޒަމްބީ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގެ ބާކީބައިގައި، ސްވިޒަލެންޑުން ދެ ވަނަ ލަނޑެއް ޖެހޭތޯ ބެލިއިރު، މަދުން ނަމަވެސް އަލްޖީރިއާ އިން ނަތީޖާ ހަމަަހަމަ ކުރެވޭތޯ އެޓޭކްތަކެއް ވަނީ ކޮށްފަ އެވެ. އެކަމަކަު، އޭގެއިން މަސައްކަތެއް ކާމިޔާބުނުވެދިޔައިރު، ދެ ވަނަ ހާފު ފެށުނުތަނާހެން ސްވިޒަލެންޑުން ދެ ވަނަ ލަނޑު ޖެހި އެވެ.

އެ ގޮތުން، ސްވިޒަލެންޑުގެ ދެ ވަނަ ލަނޑު، މެޗުގެ 46 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑޭން އެންޑޯއީ އެވެ. މިއީ، އަލްޖީރިއާގެ ޑިފެންސްތެރެއިން ދޫވި ބޯޅައެއް ހޯދައި، އެންޑޯއި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

މިއީ، ފާއިތުވި 90 ވަރަކަށް އަހަރު ތެރޭ ސްވިޒަލެންޑުން ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން މޮޅުވި ފުރަތަަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން މޮޅުވީ، 1938 ވަނަ އަހަރުގެ މުބާރާތުގަ އެވެ. މީގެ ކުރިން، އެންމެ ފަހުން، ވޯލްޑް ކަޕްގައި ކުޅުނު ތިން ފަހަރު ވެސް ނޮކައުޓް ފުރަަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. 

ސްވިޒަލެންޑުން ގަދަ 16 ބުރުގައި ކުޅެން ޖެހޭނީ، ގަދަ 32 ޓީމު ކުޅޭ ނޮކައުޓް ފުރަތަމަ މެޗުގައި ކޮލަމްބިއާ އާއި ގާނާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;