ads
ރާމޯސްގެ ގޯލަށްފަހު ރޮނާލްޑޯއާއެކު އުފާފާޅުކުރަނީ - ފޮޓޯ/ ގެޓީ
ފީފާ ވޯލްޑް ކަޕް: ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އިން ޖާގަ ހޯދައިފި
ވާލްޑްކަޕް ނޮކްއައުޓް މެޗެއްގައި ރޮނާލްޑޯ ފުރަތަމަ ލަނޑު ޖެހި
ކްރޮއޭޝިޔާ ބަލިކޮށް، އިތުރު ވަގުތުގެ ލަނޑުން މޮޅުވެ ރޮނާލްޑޯގެ ޕޯޗްގަލް ފީފާ ވާލްޑްކަޕްގެ ގަދަ 16 ޓީމްގެ ބުރުގައި ސްޕެއިންއާ ދެކޮޅަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ.
Advertisement

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ލިބިފައެއް ނުވެ އެވެ.

ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށް ފަހު ދެވަނަ ހާފު ފެނުނީ ތަފާތުކޮށެވެ. ކްރޮއޭޝިއާ ވަނީ ދެވަނަ ހާފު ފެށިގެން އަށް ވަނަ މިނިޓު ތެރޭ އިވާން ޕެރިސިޗްގެ ގޯލަކުން ލީޑު ނަގައިފަ އެވެ.

your imageކްރޮއޭޝިއާ މެޗުގައި ލީޑު ނެގުމަށް ފަހު - ފޮޓޯ: އޭއެފްޕީ

މި ގޯލަށްފަހު ޕޯޗުގަލުން ބަދަލުތަކެއް ގެނެސް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު، އެޓީމުން ވަނީ މެޗުގެ 68 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ޕޯޗުގަލްގެ ކުޅުންތެރިއަކަށް ކްރޮއޭޝިއާގެ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ގޯލެކެވެ. 

މިއީ ފީފާ ވޯލްޑް ކަޕް ކުޅެން ފެށިތާ ވިއްސަކަށް އަހަރު ފަހުން ނޮކައުޓް ބުރުގައި ރޮނާލްޑޯ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ. މި މެޗުގެ ކުރިން ރޮނާލްޑޯ ވަނީ ނޮކައުޓް ބުރުގައި އޭނާ ކުޅުނު އަށް މެޗުން ޖުމްލަ 29 ހަމަލާ ފޮނުވާލައިފަ އެވެ. މި މެޗުގައި ކާމިޔާބު ކުރި ގޯލާ އެކު ރޮނާލްޑޯ ވަނީ މިހާތަނަށް އޭނާ ވޯލްޑް ކަޕްގައި ކުޅުނު 26 މެޗުން 11 ގޯލު ހަމަ ކޮށްފަ އެވެ. ރޮނާލްޑޯ އަކީ ޖެހިޖެހިގެން ހަ މުބާރާތުގައި ގޯލު ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔާ އެވެ. 

ދެ ޓީމުން ވެސް ލީޑު އަލުން ނަގަން މަސައްކަތް ކުރަމުންދިޔައިރު، މި މެޗުން ޕޯޗުގަލް މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓްގެ ތެރެއިން ހަތަރުވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ފޯވާޑް ގޮންސާލޯ ރާމޯސް އެވެ. މިއީ ރަފޭލް ލިއާއޯ ކްރޮއޭޝީއާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ރާމޯސް ކާމިޔާބުކުރި ގޯލެކެވެ.

your imageކްރޮއޭޝިއާ އާއި ޕޯޗުގަލް ކުޅުނު މެޗުގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.

މެޗުގެ 81 ވަނަ މިނިޓްގައި ޕޯޗްގަލް ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ކެޕްޓަން ރޮނާލްޑޯ ބަދަލުކޮށްފައެވެ. މިއީ މުބާރާތުގައި ރޮނާލްޑޯ ބަދަލުކުރި ފުރަތަމަ ފަހަރެވެ. 

މެޗުގެ އިތުރު ވަގުތުގެ ވެސް އެންމެ ފަހު ސިކުންތުކޮޅުތެރޭ ކްރޮއޭޝީއާ އިން ގޯލެއް ޖަހައި ނަތީޖާ އެއްވަރުކުރި އެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ގޯލު ޖެހުމުގެ ކުރިން ކްރޮއޭޝީއާގެ ކުޅުންތެރިއަކު އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލު ކެންސަލްކޮށްފަ އެވެ. ދިގު ވީއޭއާރު ރިވިއު އާ ގުޅިގެން މެޗު ނިންމާލީ އިތުރު ވަގުތުގެ ގޮތުގައި 19 މިނިޓު ކުޅުވުމަށް ފަހު އެވެ. 

މުބާރާތުގެ ގަދަ 16 ޓީމްގެ ބުރުގައި ޕޯޗްގަލް ވާދަކުރަން ޖެހޭނީ ސްޕެއިންއާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;