ads
އޮސްޓްރިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު، އޮޔާޒަބާލް އުފާފާޅުކުރަނީ.
ފީފާ ވޯލްޑް ކަޕް: ފަސޭހަ މޮޅަކާ އެކު ސްޕެއިން ގަދަ 16 އަށް
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން ސްޕެއިން ފުރަތަމަ ފަހަރަށް ނޮކައުޓް ބުރުގެ މެޗަކުން މޮޅު ވެއްޖެ އެވެ.
Advertisement

ސްޕެއިން ވަނީ ރޭ ކުޅުނު މި އަހަރުގެ ފުރަތަމަ ނޮކައުޓް ބުރުގެ މެޗުގައި 3-0 އިން އޮސްޓްރިއާގެ މައްޗަށް ކުރި ހޯދައިގެން މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.

ލޮސް އެންޖަލިސް ސްޓޭޑިއަމްގައި، 70،000އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި، ރޭ ކުޅުނު މެޗުގެ 36 ވަަނަ މިނިޓްގައި، ސްޕެއިނުން ލީޑުނެގީ މިކޭލް އޮޔާޒަބާލް ޖެހި ގޯލުންނެވެ. މިއީ ކުކުރޭއާ ދިން ބޯޅައަކުން އޮޔާޒަބާލް ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިންގެ އަލެކްސް ބައޭނާ ޖެހި ހިލޭ ޖެހުމެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، އޭގެ ރީބައުންސުން ލަމީން ޔަމާލް ފޮނުވާލި ހަމަލާ މަތަކުރީ އޮސްޓްރިއާގެ ކީޕަރު، އަލެންސަންޑަ ޝާލްގާ އެވެ.

your imageޕެޑްރޯ ޕޯރޯ މެޗުގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ކުޅުންތެރިންނާ އެކު އުފާފާލުކުރަނީ. - ފޮޓޯ: އޭއެފްޕީ


ސްޕެއިނުން ދެ ވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ދިޔައީ އޮސްޓްރިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 66 ވަނަ މިނިޓްގައި ބައޭނާ ނެގި ހުރަހަކުން ޕެޑްރޯ ޕޯރޯ ވަނީ ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެން ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

އޭގެ ފަހުން، ޔަމާލް ގޯލަށް ފޮނުވާލަން ޖެހި ބޯޅަ އެއް ރޮނގުމަތިން އޮސްޓްރިއާގެ ކެޕްޓަން، ޑޭވިޑް އަލަބާ ސަލާމަތްކުރިއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އޮޔާޒަބާލް އެވެ.

މި މޮޅާއެކު މުބާރާތުގެ ދެވަނަ ބުރަށް ސްޕެއިން ދަތުރުކުރިއިރު، ކުއާޓާ ފައިނަލުގެ ޖާގައަކަށް އެ ޓީމު ދެން ވާދަކުރަން ޖެހޭނީ ޕޯޗުގަލް އާއެވެ. 

މި އަަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ސްޕެއިން ކޮޅަށް އަދި ގޯލެއް ނުވަދެ އެވެ. ސްޕެއިންގެ އިތުރުން މުބާރާތުގައި އަދި ގޯލެއް ނުވަދެ އޮތީ މެކްސިކޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;