ads
އިންގްލޭންޑް ސަޕޯޓަރުން .ފޮޓޯީ ގެޓީ އިމޭޖްސް
އިންގްލޭޑާއި މެކްސިކޯގެ މެޗުގެ ޓިކެޓް 2600 ޕައުންޑުން މައްޗަށް
ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މުބާރާތް ބާއްވާ މެކްސިކޯއާ ދެކޮޅަށް އިންގްލޭންޑް ކުޅޭ މެޗުގެ ޓިކެޓުގެ އަގު 2,600 ޕައުންޑަށްވުރެ މައްޗަށް އުފުލިއްޖެއެވެ.
Advertisement

މުބާރާތުގެ ގަދަ 16ގައިި އިންގިރޭސީންނާއި މެކްސިކޯ ވާދަކުރާ މެޗް އޮންނާނީ އަންނަ ހޯމަދުވަހު ރާއްޖޭ ގަޑިން ފަތިހު ފަހެއް ޖަހާއިރުއެވެ. މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި ކުޅޭ މި މެޗްގެ ޓިކެޓް މިހާރު ޑިމާންޑް ބޮޑުވެ ޓިކެޓްގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

އެމެޗުގެ ޓިކެޓް އަގު އުފުލިގެން މިދިޔައީ އިންގިރޭސީން ގަދަ 16 އަށް ރޭ ދިޔުމުންނެވެ. މުބާރާތުގައި އިންގްލޭންޑް ސަޕޯޓަރުންނަށް ދޫކުރި 4,000 ޓިކެޓް ޖެނުއަރީ މަހު އެއްކޮށް ވިކި ވަނީ ހުސްވެފައެވެ. އެހެންކަމުން މިހާރު ޓިކެޓް ގަންނަން ޖެހިފައިވަނީ ރީސޭލް ސައިޓްތަކުން ޓިކެޓް ގަތުމެވެ. 

އެ ސައިޓްތަކުގައި ކުރިން ރީސޭލް ކުރަން ލިސްޓުކޮށްފައި އޮތީ އެންމެ 250 ޓިކެޓެވެ. އެހެންނަމަވެސް އިންގިރޭސިން ރޭ ފަހަތުން އަރާ ކޮންގޯ ބަލިކުރުމުން ލިސްޓުގައި ވިއްކަން ހުރި ޓިކެޓްގެ އަދަދު 429 ވަނީ އަރާފައެވެ. މީގެ ޓިކެޓެއްގެ އަސްލު އަގަކީ 224 ޕައުންޑެވެ. އެހެންނަމަވެސް މިހާރު އެންމެ އަގު ހެޔޮކޮށް ލިބެން ހުރި ޓިކެޓްގެ އަގުވެސް ވަނީ 2600 ޕައުޑަށް ވުރެ މައްޗަށް އަރާފައެވެ. ކެޓަގަރީ އޭގެ ޓިކެޓް މިހާރު ހުރީ 4,400 ޕައުންޑަށް ވުރެ މައްޗަށް އަރާފައެވެ. 

ކޮންގޯއިން މެޗްގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާ ކުރި ހޯދާފައިވަނިކޮށް އިނގިރޭސިން ފަހަތުން އަރާ މޮޅުވީ މެޗް ނިމެން 15 މިނެޓަށް ވުރެ ކުޑަވިފަހުން އިނގިރޭސި ކެޕްޓަން ހެރީ ކޭން ޖަހާދިން ދެ ގޯލުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;