ads
މުއިއްޒު
ސިނގިރޭޓުން ބޮޑުކުރެއްވި ޑިއުޓީ ކުޑަކުރައްވައިފި
މި ސަރުކާރުން ބޮޑުކުރި، ސިނގިރޭޓް ޑިއުޓީކުޑަކުރަން ފާސްކުރި ބިލް ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
Advertisement

މީގެ ކުރިން 3.50ރ. ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ. އަށް ބޮޑުކުރީ މި ސަރުކާރުން ޑިސެމްބަރު 2024ގަ އެވެ. ސަރުކާރުން އެ ބަދަލު އޭރު ގެނައީ ވޭޕް މަނާކުރުމާ އެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ އެކަން ހުއްޓުވުމަށްކަމަށް ބުނެއެވެ.

އެހެންނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެދުމަށް ސިނގިރޭޓް ޑިއުޓީ ކުޑަކުރަން މަޝްވަރާކުރަމުން އަންނަކަމަށް ސަރުކާރުން މިދިޔަ މޭމަހުގެ 31 ގައި އިއުލާންކުރުމަށްފަހު ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު އިސްލާހު ހުށައެޅީ މިދިޔަ ހަފްތާގެ ހޯމަދުވަހުއެވެ. 

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު 68 މެމްބަރުންގެ ވޯޓައި އެކު މަޖލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވި ބިލުގައިވަނީ ސިނގިރޭޓްގެ އިތުރުން  ބިޑިއަކުން ނަގާ ޑިއުޓީ 4ރ. އަދި އޭގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި %30 ނެގުންމަށެވެ. މީގެއިތުރުން ދުންފަތުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ބާވަތްތަކުން ޑިއުޓީ ނުނެގުމަށްވެސް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;