މި ނިންމުން އާއްމުކޮށް އިންޑިއާގެ ގެޒެޓުގައި ބުނެފައިވަނީ އާރުއައިސީ ޓެކުހުން ރާއްޖޭގެ އިތުރުން މޮރިޝަސްއަށްވެސް ލުއިތައް ދީފައިވާކަމަށެވެ. މީގެ ކުރިން އިންޑިއާއިން މި ލުއި ދެމުން އައީ އަވަށްޓެރި ސްރީ ލަންކާ، ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލަށެވެ.
އިންޑިއާއިން ބުނީ އާރުއައިސީ އުނިކުރަން ނިންމާފައިވަނީ އެ ގައުމުގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތެލުންނެވެ.
މި ބަދަލާ އެކު އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮވާނެއެވެ. އެހެން ނަމަވެސް ރާއްޖެއަށް މައިގަނޑު ގޮޮތެއްގައި ޕެޓްރޯލާއި ޑީސެލް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާ ނުހިމެނެއެވެ.
ރާއްޖެއިން އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން މީގެ ކުރިން މަޝްވަރާކޮށްފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ ތާށިކަމެއް އަތުވެދާނެ ކަމަށް ބަލައި، އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;