ads
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އިފުތިތާހުކޮށްދެއްވުމަށްފަހު އެކްސްޕޯ މުއިއްޒު ބައްލަވައިލައްވަނީ - ފޮޓޯ: ރައީސް އޮފީސް
ފައިނޭންޝަލް އެކްސްޕޯ ފަށައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަދު ފަށައިފި އެވެ.
Advertisement

ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ އެކްސްޕޯ މިއަދު އިފުތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

މި އެކްސްޕޯގެ ތެރެއިން މާލީ ކަންކަމާ ގުޅޭ ތަފާތު ގިނަ ސެޝަންތަކެއް ވެސް ތަޖުރިބާކާރު ބޭފުޅުންނާ އެކު ކުރިއަށް ގެންދަން ރާވާފައިވާ އިރު، އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން އަގުހުރި ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

މި އަހަރުގެ އެކްސްޕޯގައި މާލީ އިދާރާތަކުން އާ ހިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފްކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. 

މި އެކްސްޕޯގެ ތެރޭ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އެ މީހުންގެ އާ އުފެއްދުންތައް ދައްކާލާ، ބައެއް ހިދުމަތްތައް ތައާރަފުކުރާނެ އެވެ.

މި އަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު" އެވެ.

މި އެކްސްޕޯގެ ނަސީބުވެރިންނަށް ލިބޭނެ އެންމެ ހާއްސަ އެއް އިނާމަކީ ހޯރަފުށީ އަރައިކު ބީޗް ވިލެޖްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޕެކޭޖެކެވެ. މިއީ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ފުރިހަމަ ޗުއްޓީ ދަތުރެކެވެ. 

މި ހުރިހާ އިނާމުތަކަކީ ވެސް އާންމުންގެ މެދުގައި މާލީ ދާއިރާއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް ދެވޭ އިނާމުތަކެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފައިނޭންޝަލް އެކްސްޕޯ ބާއްވާފައިވެ އެވެ. އެއީ 2015 އަދި 2017 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;