ads
ޑްރަގު ވިއްކާތަން ބަންދުކުރަން ޖަހާފައިވާ އަމުރު
ހިތަދޫ "މައިލޯސިޓީ"ގެ ޑްރަގް އައްޑާ ކޯޓުން ބަންދުކޮށްފި
ހިތަދޫ "މައިލޯސިޓީ"ގެ ޑްރަގް އައްޑާ ކޯޓުން ބަންދުކޮށްފިއެވެ.
Advertisement

މިތަނަކީ އައްޑޫ ހިތަދޫގެ "މައިލޯސިޓީ" ގޭގައި ހިންގަމުން އަންނަ ޑްރަގު އައްޑާއެކެވެ. 

ފުލުހުން ބުނީ އިއްޔެއިން ފެށިގެން ޖުލައި 90 ދުވަހުގެ މުއްދަތަކަށް އެތަން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. 

އެ އަމުރު ނެރެފައި ވަނީ މަސްތުވާތަކެތި ބޭނުންކުރަމުންދާތީ އާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް އިންޖެކްޓްކުރުން ފަދަ ކަންކަމަށް ބޭނުންކުރާ އާލާތްތަކާއި އެފަދަ ތަކެތި އެތަނުން ފޯރުކޮށްދެމުންދާތީ ކަމަށް ފުލުހުން ބުނެއެވެ.

ކޯޓު އަމުރުގައި ވަނީ އެ ގެއަކީ ފުޅާ ދާއިރާއެެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއް ކަމަށާއި އެ ގެ އާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ކަމަށެވެ. 

އަދި އެތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވެދާނެކަމަށްވެސް ކޯޓު އަމުރުގައިވެއެވެ. އަދި ބަންދުކޮށްފައިވާ މުއްދަތުގެ ތެރޭގައި އެތަނަށް ވަދެ ނުކުމެ އުޅުމަކީ މަނާކަމެއްކަމަށްވެސް ކޯޓު އަމުރުގައިވެއެވެ. 

ކޯޓް އަމުރަކުން އައްޑޫ ހިތަދޫގެ "މައިލޯސިޓީ" ގޭގައި ހިންގަމުން އަންނަ ޑްރަގު ކެފޭ ބަންދުކޮށްފައި މިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ މައްސަލާގައި "މައިލޯ" ގުރޫޕުގައި އިސްކޮށް އުޅޭ އަލީ ނަދީމް (މައިލޯ ނަދަމާ) މދިޔަ ޑިސެމްބަރު މަހު ހައްޔަރުކޮށްފައ ވަނިކޮށެވެ. އަދި އޭނާއާއި އެކު އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;