އެމެރިކާ ސިއޭޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފެށިގެން ސެނެގާލުން ރަނގަޅަށް ކުޅެ ދިޔައީ ބެލްޖިއަމްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓްގައި ހަބީބް ޑިއާރާ ވަނީ ސެނެގާލަށް ލީޑު ނަގައިދީފަ އެވެ. މިއީ، ސެނެގާލްގެ އިސްމާއިލާ ސާ ބޮލުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުުކުތް ވަގުުތު ރީބައުންސަކުން ޑިއާރާ ޖެހި ގޯލެކެވެ.
އަދި ދެވަނަ ހާފްގެ ކުރީކޮޅު ސާ ވަނީ ސެނެގާލްގެ ލީޑު ފުޅާކޮށްދީފަ އެވެ. ނިއަކާޓޭ ދިން ބޯޅައަކުން ސާ މި ގޯލު ކާމިޔާބުކުރީ މޭ މަތިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ބެލްޖިއަމްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލާއެކު ބެލްޖިއަމުން ގިނަ ބަދަލުތަކެއް ގެނައިރު، މެޗުގެ 86 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ވަނީ ބެލްޖިއަމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އަދި އޭގެ ތިން މިނެޓް ފަހުން ސެނެގާލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި، ބޮލުން ފޮނުވާލި ހަމަލާއަކުން ޔޫރީ ޓީލަމަންސް ވަނީ ބެލްޖިއަމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ވަނީ ކުޅެފަ އެވެ.
ފީފާ ވޯލްޑް ކަޕްގައި ސެނެގާލް އާއި ބެލްޖިއަމް ބައްދަލުކުރި މެޗެއްގެ ތެރެއިން: ބެލްޖިއަމްގެ ދެ ކުޅުންތެރިން ކައިރިން ސެނެގާލްގެ ހަބީބް ޑިއާރާ ބޯޅަ ފޮނުވާލަނީ
މި މެޗުން ބެލްޖިއަމް މޮޅުވީ އިތުރު ވަގުތުގެ ދެވަނަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ދޭން ނިންމީ ޓީލަަމަންސް އަށް ކުރި ފައުލަކަށެވެ. ވީއޭއާރް އިން އަންގައިގެން މޮނީޓަރުން ބަލާފައި ދިން މި ޕެނަލްޓީ ޓީލަމަންސް ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެެވެ.
ސެނެގާލުން އެއްވަރުކުރެވޭތޯ ކުރި މަސައްކަތުގައި މެޗުގެ އިތުރު ވަގުތުގެ ވެސް އެންމެ ފަހު ވަގުތުގައި ބެލްޖިއަމް އޭރިއާބޭރުން ޖެހުމެއް ލިބުނެވެ. އެކަމަކު، ސެނެގާލްގެ ޕާޕޭ ސާ ޖެހި ޖެހުން ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ބެލްޖިއަމަކީ 2018 ގެ ވޯލްޑް ކަޕްގެ ތިންވަނަ އަދި 2015 ގައި ފީފާ ރޭންކިންގެ އެއްވަނަ ހޯދާފައިވާ ޓީމެކެވެ. އަނެއްކޮޅުން، މިއީ އެފްރިކާގެ ބާރެއް ކަމަށްވާ ސެނެގާލަށް ކުރިމަތިވި އިތުރު ހިތްދަތިކަމެކެވެ. އެޓީމު ވަނީ މިދިޔަ ޖެނުއަރީ މަހު އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލުން ވެސް ބަލިވެފަ އެވެ.
ބެލްޖިއަމުން ގަދަ 16 ބުރުގައި ކުޅޭނީ، ބޮސްނިއާ އާއި އެމެރިކާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;