ads
އިންޑިއާރާއްޖެ އެފްޓީއޭގެ މަޝްވަރާތައް ރަސްމީކޮށް ފަށައިފި
ރާއްޖެއާއި އިންޑިއާއާ ދެމެދު ހަދާ ފްރީ ޓްރޭޑް އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި ކަމަށާއި އަމާޒަކީ ވީ އެންމެ އަވަހަކަށް އެ ގައުމާއެކު އެއްބަސްވުން ހެދުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި ރާއްޖެއާއި އިންޑިއާ ދެމެދު އެފްޓީއޭއެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމެއްގައިވަނީ ސޮއިކޮށްފަ އެވެ.

އެއަށްފަހު، އެފްޓީއޭ ކުރިއަށްގެންދާނެ އުސޫލުތައް ކަނޑައަޅާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މި އެއްބަސްވުމުގެ މަސައްކަތް ނިންމައި އަމަލުކުރަން ފެށުން ކަމަށެވެ.

" ދެ ގައުމުގެ ވިސްނުންވެސް ހުރީ ވީ އެންމެ އަވަހަކަށް ނިންމާލަން. އަޅުގަނޑުމެން ޓާގެޓަކީ ވީ އެންމެ އަވަހަކަށް ނިންމާލުމަށް. އެކަން ކުރުމަށް މީގެ ކުރިންވެސް އަޅުގަނޑުމެން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަސައްކަތް ކުރިން. އެގޮތަށް މިކަމުގައި ރާއްޖޭގައި ތިބި ފަންނީ ބޭފުޅުން މިނިސްޓްރީގެ، ފަންނީ ބޭފުޅުންނާއި އަދި ސަރުކާރުގެ ތެރެއިން އެވެއިލަބަލްވާ ފަންނީ ބޭފުޅުންނާ އަދި ޕްރިވެޓް ސެކްޓާގައިވެސް ފުޅާދާއިރާއެއްގައި މަސައްކަތް ކުރެވިގެން މަސައްކަތް ކުރިއަށްދާނީ. ދެ ގައުމުވެސް ބޭނުންވަނީ އެގޮތަށް އެކަން ކުރަން" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އެފްޓީއޭގެ ތެރެއިން ލިބޭ ގިނަ ލުއިތައް ހުރެ އެވެ. އޭގެތެރޭގައި، ޑިއުޓީ މާފުވުމާއި އެފްޓީއޭ ނޯންނަ ގައުމުތަކަށް ތަކެތި އެކްސްޕޯޓު ކުރެވޭނެ ގޮތްތަކާއި ދުނިޔެއަށް އަންނަ ލޮޅުންތަކުގައި އެފްޓީއޭގެ ބައިވެރިންނަށް ލިބޭނެކަން ސައީދު ފާހަގަކުރެއްވި އެވެ.

އިންޑިއާއެކު އެފްޓީ ހެދުމުގެ މަސައްކަތް ކުރާއިރު، މި ސަރުކާރުން ވަނީ ޗައިނާއެކު ވެސް އެފްޓީއޭ ހަދާފަ އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިހާރުވެސް ރާއްޖެއިން އެ ގައުމާއެކު ކުރަމުންދާ ވިޔަފާރީގެ މުއާމަލާތަކަށް 700 މިލިއަން ޑޮލަރު އަރަ އެވެ.

އަދި ރާއްޖެއާއި ތުރުކީާއިއެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުން ސަރުކާރުން އެކުލަވާލާފައިވާ ކަމަށް ސައީދު ކުރިން ވަނީ ވިދާޅުވެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;