ads
ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސް އާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން.
ފީފާ ވޯލްޑް ކަޕް: ޕެނަލްޓީގައި މޮރޮކޯއަށް ކުރި ލިބި، ނެދަލެންޑްސް ކަޓައިފި
އިތުރު ވަގުތުގައި މެޗު އެއްވަރުކޮށް، ޕެނަލްޓީގައި ކުރި ހޯދައިގެން މޮރޮކޯ ފީފާ ވާލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.
Advertisement

މެކްސިކޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ދެ ޓީމުން ވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެ އެވެ. އެގޮތުން ހަމަލާތައް ދިފާއުކުރުމުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ހުޝިޔާރުކަން މި ހާފުގައި ވަނީ ފެނިގެން ގޮސްފަ އެވެ.

ދެ ވަނަ ހާފްގައި މޮރޮކޯއިން މެޗު ކޮންޓްރޯލް ކުރަމުން ދަނިކޮށް، މެޗުގެ އޮއިވަރު ބަދަލުވީ 71 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ކޯޗު ގެނައި ބަދަލުތަކާއެކުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވައުޓް ވެގްހޯސްޓް ބޯޅަ ހޯދައި، ސަމަވިލްއަށް ދިނުމާއެކު އޭނާ ވަނީ ގަކްޕޯއަށް ރަނުގެ ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ. ކޯޑީ ގަކްޕޯ މި ފުރުސަތުގެ ބޭނުން ހިފައި ބޯޅަ ގޯލަށް ފޮނުވާލައި ނެދަލެންޑްސްއަށް ކުރިހޯދައިދިނެވެ.

އެ ލަނޑާ އެކު ނެދަލެންޑްސް އޮތީ މޮޅުވުމާ ދާދި ކައިރިގަ އެވެ. އެކަމަކު ހިތްވަރުގަދަ މޮރޮކޯއިން ދުލެއް ނުދިނެވެ. މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ފުރަތަމަ މިނެޓުގައި ޝެމްސުއްދީން ތޯލްބީ ނަގައިދިން ހުރަހަކުން، މޮރޮކޯގެ ސެންޓަ ބެކް އީސާ ދިއޮޕް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި ނަތީޖާއާއި އެކު، މެޗުގެ ނަތީޖާ ކަނޑައަޅަން އިތުރު ވަގުތުގެ ދެހާފަށް ދަންމާލި އެވެ. އެކަމަކު 15 މިނިޓްގެ ދެހާފުންވެސް ނަތީޖާއަށް އިތުރު ބަދަލެއް ނައުމުން ޕެނަލްޓީ ޖެހިއެވެ. ޕެނަލްޓީގައި މޮރޮކޯ ކުރި ހޯދީ 3-2 ނެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގެ ފުރަތަމަ ޕެނަލްޓީގައި ނެދަލަންޑްސްގެ ޓުން ކޫޕްމީނާސް ޕެނަލްޓީ ކާމިޔާބުކުރި އެވެ. މޮރޮކޯގެ ފުރަތަމަ ޕެނަލްޓީ ނާއިލް އައިނާއުއީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. 

your imageމި މޮޅާ އެކު ގަދަ 16 ގެ ބުރުގައި މޮރޮކޯ ނުކުންނާނީ ކެނަޑާއާ ދެކޮޅަށް


ދެވަނަ ޕެނަލްޓީގައި ނެދަލެންޑްސްގެ ޖަސްޓިން ކްލައިވަޓް ޖެހި ޕެނަލްޓީ ދަނޑިއަށް އަމާޒުވި އެވެ. މޮރޮކޯގެ ދެވަނަ ޕެނަލްޓީ ސުފިޔާން ރާހިމީ ވަނީ ޕެނަލްޓީ ވައްދާލަލައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ތިންވަނަ ޕެނަލްޓީގައި ނެދަލަންޑްސްގެ ވައުޓް ވެހޯސްޓް އަދި މޮރޮކޯގެ ޝެމްސުއްދީން ތޯލްބީ ވެސް ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ 2-2 ގައި ހިފެހެއްޓި އެވެ. ނެދަލެންޑްސްގެ ހަތަރު ވަނަ ޕެނަލްޓީ ކުއިންޓަން ޓިމްބާ އަތުން ނާކާމިޔާބުވިއިރު، މޮރޮކޯގެ ހަތަރު ވަނަ ޕެނަލްޓީ ޖެހި އަޝްރަފް ހަކީމީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. 

ނެދަލެންޑްސްގެ ފަސް ވަނަ ޕެނަލްޓީ، ސަމަވިލް ފޮނުވާލިއިރު، މޮރޮކޯ ކީޕަރު ޔާސީން ބޯނޯ މަތަކުރުމުން، މޮރޮކޯގެ އިސްމާއިލް ސައިބާރީ ވަނީ ފަހު ޕެނަލްޓީ ކާމިޔާބުކޮށް، 3-2 ން މޮރޮކޯއަށް މޮޅުކޮށްދީފަ އެވެ.

ގަދަ 16 ޓީމްގެ ބުރުގައި މޮރޮކޯ ވާދަކުރަން ޖެހޭނީ ކެނަޑާއާ އެވެ. ފަހު ވަގުތު ކާމިޔާބު ކުރި ގޯލުން ދެކުނު އެފްރިކާ 1-0 އިން ބަލިކޮށް، މުބާރާތުގެ ކޯ ހޯސްޓް ކެނެޑާ މިހާރު ވަނީ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;