ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުގައި ޖަރުމަނުގެ މައްޗަށް ޕެރަގުއޭ އިން ކުރި ހޯދީ ޕެނަލްޓީގައި 4-3 އިން ކުރި ހޯދައިގެންނެވެ. މިއީ 2010 ވަނަ އަހަރަށް ފަހު ޕެރަގުއޭ އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަދި މިއީ 2002 ވަނަ އަހަރަށް ފަހު އެޓީމުން ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެ އެވެ.
ޕެނަލްޓީގައި ފުރަތަަމަ ޖަރުމަނުން ހަވާޓްޒް ޖެހި ޕެނަލްޓީ ކީޕަރު، ގިލް ވަނީ މަތަކޮށްފަ އެވެ. މައުރީސިއޯ ވަނީ ޕެރަގުއޭގެ ފުރަތަމަ ޕެނަލްޓީ ވައްދާލައިފަ އެވެ. ޖަރުމަނުގެ ދެ ވަނަ ޕެނަލްޓީ ޔޯސުއާ ކިމިކް ވަނީ ކާމިޔާބުކޮށްފަ އެވެ. ޕެރަގުއޭގެ ދެ ވަނަ ޕެނަލްޓީ ކެޕްޓަން، ގުސްތާވޯ ގޯމޭޒް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޖަރުމަނުގެ ތިން ވަނަ ޕެނަލްޓީ ޖަމާލް މުސިއާލާ ވަނީ ކާމިޔާބުކޮށްފަ އެވެ. ޕެރަގުއޭގެ ތިން ވަނަ ޕެނަލްޓީ ގަލާޒާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޖަރުމަނުގެ ހަތަރު ވަަނަ ޕެނަލްޓީ ނިކް ވޮލްޓަމާޑާ ފޮނުވާލިއިރު، ކީޕަރު ގިލް ވަނީ ހުއްޓުވައިފަ އެވެ.
މެޗުންޕެރަގުއޭ މޮޅުކޮށްދޭން ހަތަރު ވަނަ ޕެނަލްޓީ ޖަަހަންދިޔަ އެންޓޯނިއޯ ސަނާބްރިއާ ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. ނަދިމް އަމީރީ، ޖަރުމަނުގެ ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކުރި އެވެ. ޕެރަގުއޭގެ ފަސް ވަަނަ ޕެނަލްޓީ ފަބިއަން ބަލްބުއޭނާ ފޮނުވާލިއިރު، ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ޖަރުމަނުގެ ހަ ވަނަ ޕެނަލްޓީ ޓާ ފޮނުވާލިއިރު، ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ޕެނަލްޓީ ޝޫޓްއައުޓުން ޕެރަގުއޭ މޮޅުވި ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު އެ ޓީމުގެ ޑިފެންޑަރު ހޯސޭ ކަނާލޭ އުފާފާޅުކުރަނީ. ފޮޓޯ: އޭއެފްޕީ
އޭގެ ފަހުން ޕެރަގުއޭގެ ޑިފެންޑަރު ހޯސޭ ކަނާލޭ ވަނީ ތާރީހީ ފަހު ޕެނަލްޓީ ކާމިޔާބުކޮށް، 4-3 ން ޖަރުމަނުގެ މައްޗަށް ކުރިހޯދައި ޕެރަގުއޭ ގަދަ 16 ގެ ބުރަށް ގެންގޮސްދީފަ އެވެ.
ހަތް ލަނޑުގެ މޮޅަކުން މުބާރާތް ފެށި ޖަރމަނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އިކުއެޑޯ އަތުންވެސް ބަލިވިއެވެ. ޕެރަގުއޭ ގްރޫޕް ސްޓޭޖްގައި ބަލިވީ އެމެރިކާ އަތުންނެވެ.
އެ ބުރުގައި ޕެރަގުއޭ ވާދަކުރަން ޖެހޭނީ، ފްރާންސް ނުވަތަ ސްވިޑެންގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.
މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޕެރަގުއޭގެ ރައީސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދަކީ އެގައުމުގެ ރައްޔިތުންނަށް ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ހާމަކުރައްވާފަ އެވެ.
ޕެރަގުއޭގެ ގާނޫނު ބުނާ ގޮތުން އަހަރެއްގެ ތެރޭގައި ޗުއްޓީ ދުވަހުގެ ގޮތުގައި ތިން ދުވަސް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ. އެގޮތުން ޕެރަގުއޭ ވޯލްޑް ކަޕުން ޖާގަ ހޯދުމުން ވެސް އެގައުމުގެ ރައްޔިތުންނަށް ޗުއްޓީ ދީފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;