ads
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
ބީއެމްއެލަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު، ފައިދާވެސް ލިބޭނެ
ޑޮލަރު ލިބުމުގެ ދަތިތައް ހައްލުކުރުމަށް ބޭންކަށް ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

މި ހިދުމަތް ތައާރަފްކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭން ބޭރުން ހިދުމަތް ހޯދުމަށާއި ތަކެތިގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ އަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ، އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ. އެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު 2 ގުނައަށް ވުރެ ވެސް އިތުރުވެ، ކޮންމެ މަހަކު 250،000،-300،000އާ ދެމެދުގެ އަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އެންމެ މުހިންމު ސަބަބަކީ، ޝަރީފް ވިދާޅުވި ގޮތުގައި، ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަ އީ-ކޮމާސް) އިތުރުވެގެން ދިއުމެވެ.

"މިއީ ރާއްޖޭން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާ އެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށް ވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބޭންކަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން ޑޮލަރުން އިންވެސްޓްކުރާ އަދަދަކަށް ހަމަ އެވަގުތު ދިވެހި ރުފިޔާއިން އަރާވަރު ލިބޭނެކަމަށެވެ. އަދި ޖެހިގެން އަންނަ ދުވަހު އެ ޑޮލަރު ބޭންކުން އެކިކަންކަމަށް ހަރަދޔުކޮސްގެން ލިބޭ ފައިދާއިން 25 އިންސައްތަ ޑޮލަރު އިންވެސްޓްކުރު މީހާއަށް ލިބޭނެކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބޭންކަށް ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް 25 އިންސައްތަގެ ފައިދާއެއް ދެނީ ކާޑުގެ ކަންކަމަށް ނަގާ 30 އިންސައައިގެ ފީގެ ތެރެއިންކަމަށެވެ. ޝަރީފް ވިދާޚުވީ ބޭންކަށް ޑޮލަރު ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ބީއެމްއެލްގެ އިންޓާނެޓް ބޭންކިންނާއި މޮބައިލް އެޕުން މިހާރު ކުރެވޭނެކަމަށެވެ. 

"އަޅުގަނޑުމެން ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި މި ހިދުމަތް ދިނުމަށް. އެހެންކަމުން ވަރަށް ވެސް މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި ކާޑުގެ ހިދުމަތް ބޭނުން ފަރާތްތަކަށާ އަދި ބޭންކަށް ވެސް ފައިދާ ހުރި ނިޒާމެއް އަޅުގަނޑުމެން މި ގާއިމްކުރީ،" އޭނާ ވިދާޅުވި އެވެ.

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ރަނގަޅު ފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުއާމަލާތްތަކާއި ފީ ނަގާ އެހެން ބައެއް މުއާމަލާތްތަކުގައި އިންވެސްޓް ކުރުމަށް ފަހު އެ މުއާމަލާތްތަކުން ލިބޭ ފީ އެ މުއާމަލާތް ހިންގުމުގެ ހަރަދު ކެނޑުމަށް ފަހު އިންވެސްޓް ކުރާ ފަރާތަށް ދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;