ސަރުކާރުން އާންމުންނަށް ދެމުން އަންނަ ހިދުމަތްތައް ހަރުދަނާކޮށް ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމުގެ މަގްސަދުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލިހުން އިއްޔެ ނިންމައިފި އެވެ.

Advertisement
ރައީސް އޮފީހުން ބުނީ ސަރުކާރުން އާންމުންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، މަޝްރޫއުތައް ވީހާވެސް އަވަހަށް ކަނޑައަޅާފައިވާ ސުންގަޑިތަކަށް ނިންމެވުމުގެ މަގުސަދުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން މި ބައްދަލުވުމުގައި ނިންމެވި ކަމަށެވެ.
އަދި، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދުމުގައި އެކިއެކި މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދުމަށް، ފިނޭންސް މިނިސްޓްރީގައި އެކަމަށް ހާއްސަ ޓީމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.
ވަޒީރުންގެ މަޖިލީހުގެ އެ ބައްދަލުވުމުގައި ނިންމާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ހިމެނެނީ؛
- ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި ހަރަކާތްތައް ވިލަރެސް ކުރުމަށް ބޭނުންކުރާ "ދުވެލި" ޕޯޓަލް އާއި، ފިނޭންސް މިނިސްޓްރީގެ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް, (PIMS)" ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަޕްޑޭޓްކޮށް، ވަގުތުން ވަގުތަށް އަޕްޑޭޓްތައް އާންމުކުރުން
- ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހުތަކަށް ނިންމުމަށް، އެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި، ފިނޭންސް މިނިސްޓްރީއާއެކު ހާއްސަ މަސައްކަތްތަކެއް ކުރުން
- ޖަނަވަރީ، 2027 ގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގަ ގާއިމުކޮށް، އެ ހިދުމަތް ފެއްޓުމަށް ކުރަންޖެހޭ ންކަން، ހާއްސަ އިސްކަމެއް ދީގެން ކުރުން
- ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކޮށް، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްގީ ކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުގައި ކަމަށް ކަނޑައެޅުން