ads
އެމްއެމްއޭ ބިލްޑިންގ - ފޮޓޯ: އެމްއެމްއޭ ފޭސްބުކް
އެމްއެމްއޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މަތީ ތައުލީމުގެ ހުރިހާ ފަންތިއެއް ހިމެނޭ ހަތަރު ސްކޮލަޝިޕް ފުރުސަތަކަށް ކުރިމަތިލާން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭއިން) އިން ދީފައިވާ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ އޮތޯރިޓީން އިތުރުކޮށްފި އެވެ.
Advertisement

ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާއަށް ހަމަވާ ގޮތަށް ކުރިން އޮތް ނަމަވެސް، އެމްއެމްއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ޖުލައި 15އާ ހަަމައަށް އިތުރުކޮށްފައިވާ ކަަމަށެވެ. 

މި ފަހަރު ހުޅުވާލެވިފައިވާ ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގެ ތިން ޔުނިވާސިޓީއަކުން ކިޔެވުމަށް ކަނޑައަޅާފައިވާ ޖާގަތަކެކެވެ. އެގޮތުން، ސެލަންގޯ އިސްލާމިކް ޔުނިވާސިޓީން ބެޗްލަ އޮފް އެކައުންޓިން ފުރިހަމަ ކުރުމަށާއި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް ލޯސް އަދި މާސްޓަ އޮފް އިކޮނޮމިކްސް ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށް ދީފަ އެވެ.

މީގެ އިތުރުން، އިންސީފް ޔުނިވަސިޓީން ޕީއެޗްޑީ އަށް ކިޔެވުމަށް ވެސް ފުރުސަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކޯސްވޯކް، ޑެޒަޓޭޝަން އަދި ރިސާޗް ހެދުމާއި، އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ކުރިއަށްދިއުން ހިމެނެ އެވެ.

މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔަވަންދޭ މި ކޯސް ފުރިހަމަކުރުމަށްފަހު، މި ސްކޮލަޝިޕްގެ ދަށުން ކިޔަވާ ފަރާތްތަކުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފަ އެވެ.

މި ފުރުސަތުތަކާ ބެހޭ އިތުރު މައުލޫމާތު އެމްއެމްއޭގެ [email protected] އަށް މެއިލްކޮށްގެން ލިބޭނެ ކަމަށާއި އެ އޮތޯރިޓީގެ ޕޯޓަލް https://forms.office.com/r/TW9DPhpvy8 މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;