މިކަން ހާމަކުރެއްވީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދެވެ.
އިންފޮމޭޝަން ކޮމިޝަނާ އާހިދު ރަޝީދު ވިދާޅުވީ، ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އާންމުކޮށްފައިވާ ކަމަށެވެ.
މިއީ، ސަރުކާރު ހިއްސާވާ ކުންފުންޏަކުން މިކަން ހާސިލުކުރި ފުރަތަމަ ފަހަރު ކަމަށާއި، އެހެން ކުންފުނިތަކުން އެޗްޑީސީ ނަމޫނާއަކަށް ދެކިގެން އެ މައުލޫމާތުތައް އާންމުކުރުމަށްވެސް ކޮމިޝަނާ ގޮވާލެއްވި އެވެ.
އެޗްޑީސީން ބުނީ މިއީ ރައްޔިތުންގެ މަސްލަހަތަށްޓަކާ، މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަން ޖެހޭ މައުލޫމާތަކަށް ވާއިރު، އެޗްޑީސީގެ ރަސްމީ ވެބްސައިޓުގައި އެކަމަށް ހާއްސަ އިންފޮމޭޝަން ޑައިރެކްޓްރީއެއް ގާއިމުކޮށް، އެ ހުރިހާ މައުލޫމާތެއް އާންމުންނަށް ބެލޭނެހެން އާންމުކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް މައުލޫމާތު އާންމުކުރި ފުރަތަމަ ސަރުކާރު ކުންފުންޏަކަށް އެޗްޑީސީ ވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އަދި މިގޮތަށް މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަށް ވެގެން ދިއުމަކީ އެ ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭ މައުލޫމާތުތައް ސަރުކާރުގެ ހުރިހާ މިނިސްޓްރީތައް ފަދަ ވުޒާރާތަކުން މިހާރު ވަނީ އާންމުކޮށްފަ އެވެ.
މިއީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް 2014 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން މިގޮތަށް ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރުކަން އެޗްޑީސީން ފާހަގަކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;