ads
ޕޭޕަލް ރާއްޖެއަށް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕޭޕަލް ވޮލެޓު 2100އަށް ވުރެ ގިނަ މީހުން އެކްޓިވޭޓުކޮށްފި
ޕޭޕަލްގެ ހިދުމަތާ ގިނަ އަދެއްގެ ބަޔަކު ގުޅި 2000 ވުރެ ގިނަ މީހުން މިހާތަނަށް ޕޭޕަލް ވޮލެޓު އެކްޓިވޭޓުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފުކުރި މި މަހުގެ 15ވަނަ ދުވަހުއެވެ. 

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ފެށި ނަމަވެސް ހުރިހާ ފީޗާސްތަކެއް އަދިވެސް ދިވެހިންނަށް އެންމެ ފުރިހަމައަށް ލިބެމުން ނުދާތީ އެކަމުގެ ޝަކުވާ ރައްޔިތުންގެ ތެރޭގައި އޮތްކަމަށް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕޭޕަލްއަކީ މީގެ ކުރިން ރާއްޖެއަށް ގެންނަން މަސައްކަތްކޮށް ކާމިޔާބު ނުވެ އޮތްކަމެެއްކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް ފެށީ މަސައްކަތުން ޕޭޕަލް ރާއްޖެއަށް ތާއާރަފުކޮށް، އެ ހިދުމަތުގައި ވަރަށް ގިނަ ބަޔަކު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ބައިވެރިވެފައިވާކަމަށެވެ. 

އެގޮތުން މިހާތަނަށް 3،280 ފަރާތަކުން އެ ހިދުމަތުގައި ބައިވެރިވުމަށް އެކައުންޓު ލިންކުކޮށްފައިވާއިރު 2،159 ފަރާތަކުން ވޮލެޓް އެކްޓިވޭޓްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެތެރެއިން އިތުރު ކަންކަން ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

" ދެން އޮންނާނީ މިކަމުގެ ތެރެއިން ކުދިިކުދިން ވިޔަފާރީތައް ކުރާ މީހުން ނޫނީ އެއްޗެހި އުފައްދާ ފަރާތްތައް އެތަކެތި ވިއްކާ އޭގެ ފައިސާ ލިބިގަތުން. އެކަމުގެ ފުރުސަތު އެވަނީ މިހާރު އެތައް ފަރާތަކަށް ލިބިފައި." ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ މެދުގައި މަގްބޫލް ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއަށް ފަހު، މިދިޔަ އޮކްޓޫބަރު މަހު، އުރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެން ވަނީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން އިއުލާންކުރިއެވެ.

މި މަސައްކަތުގެ ތެރެއިން ޕޭޕަލްއިން ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ކަނޑައެޅީ އުރީދޫ މޯލްޑިވްސްއަށް އެންޓި-މަނީ ލޯންޑްރިން (އޭއެމްއެލް) ކޮމްޕްލަޔަންސްގެ ބައެއް މިންގަނޑުތައް ހަމަަނުވުމުގެ ސަބަބުން 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ހިދުމަތް ފެށުން ލަސްވިއެވެ. އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ އޭއެމްއެލް ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށް، ޕޭޕަލްއިން ބޭނުންވި ހުރިހާ ބަދަލުތަކެއް ގެނެސް ނިންމީ މި އަހަރުގެ ކުރީކޮޅުއެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސްވެސް ރަސްމީކޮށް ހަވާލުކޮށްފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;