ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ. ބިލުގެ އިބުތިދާއީ ބަހުސް ނިންމުމަށްފަހު، ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުނެވެ. އެ ކޮމިޓީން ވަނީ ބިލް އޮތްގޮތަށް ފާސްކުރުމަށް ނިންމާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުޅި މަޖިލީހުގެ ކޮމިޓީގައި ބިލާ މެދު މެންބަރުންގެ ހިޔާލު ހޯއްދެވުމަށްފަހ،ު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ވޯޓާއެކީ ބިލް ވަނީ ކޮމިޓީއިން ފާސްކޮށްފަ އެވެ.
ސިނގިރެޓްގެ ޑިއުޓީ ކުޑަކުރާ ބިލަށް އެދުވަހުގެ ޖަލްސާގައި ކުރި ބަހުސް ހޫނުވެ، އެއް ޕާޓީން އަނެއް ޕާޓީއަށް ވައްކަމުގެ ތުހުމަތުތައް ވެސް ކުރި އެވެ.
މި ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމާފައިވާއިރު، މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ވޯޓަށް އަހާނެ ކަމަށް ބެލެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;