ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ މި ސަރުކާރުން ދޭ ފްލެޓްވެސް ގޯތިވެސް ދޭނީ އެމީހަކަށް ހައްގުވީމާ އެމީހެއްގެ ހައްގު އަދާކުރުމަށް ދޭ އެއްޗެއްގެ ގޮތުގައިކަމަށެވެ.
ކުރީގެ ސަރުކާރުތަކުގައި ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ ގާތަށް ގޮސް ފްލެޓާއި ގޯތި ހޯދި ނަމަވެސް މި ސަރުކާރުގައި އެކަން ނުވާނެކަމަށާއި ފްލެޓާއި ގޯތި ހޯދަން ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ކައިރިއަށް ދިޔަސް ވާނެކަމެއް ނޯންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުން ދޭން ނިންމާފައިވާ ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިމަހުގެ 15 ވަނަދުވަހުގެރޭ ދަންވަރު ދޭއް ޖެހިއިރުއެވެ. ވަގުތު ހަމަވިއިރު މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;