ބީއެމްއެލުން ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ޖުމްލަ 3،260 ފްލެޓުގެ ބިންގާ ވަނީ އަޅައިފައެވެ. މި ފްލެޓްތައް ތަރައްގީ ކުރަނީ ހުޅުމާލެ’ ފޭސް 1 އަދި 2، އަދި ވިލިމާލެގައި ކަމަށް ބީއެމްއެލުން ވަނީ ބުނެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން އަޅަން ނިންމާފައިވާ ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށް ނިމޭނެކަަމުގެ ޔަގީންކަން އެބައޮތްކަަށެވެ. އެގޮތުން ބީއެމްއެލްއިން އަޅަން ނިންމާފައިވާ ފްލެޓްތަކުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެކަަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެކުރިން އެއްވެސް ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް އެ ދައުރުގެ ތެރޭގައި ނިންމި މީހުނާއި ހަވާކުރެވިފައި ނުވާއިރު މި ސަރުކާރުގެ އަމާޒަކީ އެކަން ބަދަލުކޮށް މި ދައުރުގެ ތެރޭގައި މީހުން ވެއްދުންކަމަށް ރައިސް މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;