މި ސަރުކާރުން ދޭން ނިންމާފައިވާ ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިމަހުގެ 15 ވަނަދުވަހުގެރޭ ދަންވަރު ދޭއް ޖެހިއިރުއެވެ. ވަގުތު ހަމަވިއިރު މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެއްވެސް މީހެއް ނުފޫޒު ނުވަންނާނެކަމަށެވެ. އެހެންކަމުން މިހާރު ހިނގާ ވެރިފިކޭޝަން މުއްދަތު ނިމެނޭ ތާރީހެއް އަދި ސީދާ ކަނޑައަޅާފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މާލޭ ސަރަހައްދުން ގޯތި ލިބޭ މީހުންނަށް ގޯތި ލިބުނުކަން މިއަހަރުގެ ތެރޭގައި އަންގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ގޯތި ދިނުމަށް ނިންމާފައިވަނީ ރަސްމާލެ ހިއްކާ ނިންމާފައިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫތަކެއް މި ދައުރުގެ ތެރޭގައި ނިންމައި ދައުރު ނިމުމުގެ ކުރިން އެތަންތަނަށް މީހުން ވައްދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;