2030 ވަނަ އަހަރުން ފެށިގެން ހުރިހާ ދިވެހިންނަށް ރިސޯޓް ހިއްސާ ލިބޭނެކަމަށާއި އަހަރަކު 400 ޑޮލަރު ކޮންމެ ދިވެއްސަކަށް ލިބޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި އަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުކުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ހަދާ އެ ރިސޯޓްތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކުންޓަށް ހަމަހަމަ ކަމާއި އެކު އަހަރު އެއްފަހަރު ޑޮލަރުން ޖަމާކޮށްދޭނެކަމަށެވެ.
މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންނަށް ރިސޯޓް ހިއްސާ ދިނުމަށް ރިސޯޓްތައް ހަދާނެ ރަށްތައް ކަނަޑައެޅުމުގެ މަސައްކަތް ފިނޭންސް މިނިސްޓޤރީން ހިމެނޭގޮތަށް ކޮމެޓީއަކުން ކުރަމުން އަންނަކަމަށެވެ. އަދި އެ ކޮމެޓީން މިހާރުވަނީ އެ ރިސޯޓްތައް ހަދާނެ ރަށްތަކާއި ފަޅުތައް ކަނޑައަޅާ ނިމުމުގެ މަރުހަލާގައިކަމަށެވެ.
އެ މަސައްކަތް ނިމުމުން ސަރުކާރުން ކުންފުންޏެއް ކަނޑައަޅާ އެ ކުންފުންޏެއް މެދުވެރިކޮށް ދެން އޮތް މަރުހަލާގެ މަސައްކަތްތަކަށް ދާނެކަމަށް ރައީސް މއުިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވަނީ ރިސޯޓް ހިއްސާ ދިވެހިންނަށް ޖަމާވާން ފެށުމުން އައިލާތަކަށް ލިބިގެންދާނެ ގޮތް މިސާލާއެކު ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރިސޯޓް ނެތް ސަރަހައްދު ތަކުގައި ރިސޯޓް ތަރައްގީކުރާނެކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;