ހައިކޯޓުގައި މިއަދު ހެނދުނު ބާއްވަން އޮތް މައްސަލަ ކެންސަލްވީ، މައްސަލަށް ޕީޖީގެ ވަކީލުންނާއި ފިޔާޒް އަދި ފިޔާޒްގެ ވަކީލުންވެސް ކޯޓަށް ހާޒިރުވީ ފަހުންނެވެ. މައްސަލަ ކެންސަލްވީ ސަބަބެއް ހައިކޯޓަކުން ނުބުނެއެވެ.
މި މައްސަލަ ކުރިއަށް ގެންދަން ނިންމާފައި އޮތީ އާއްމުކޮށް ހުޅުވާނުލައެވެ. މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަބްދުއްރައޫފު އިބްރާހީމާއި ހުސެއިން މަޒީދާއި ފާތިމަތު ފަރުހީޒާއެވެ.
މި މައްސަލައާ ގުޅިގެން ނެރުނު އަމުރުގައި ވަނީ ވަކި ކޮންޓެންޓެއް މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި، ޝަރީއަތަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;