ads
އަމްޖޭގެ ގިލަންގެ ޕޯސްޓަރެއް
އަމްޖޭގެ ގިލަން މުޅި ރާއްޖެއަށް، 50 ވުރެ ގިނަ ރަށުގައި އަޅުވަނީ
ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމްގެ 'ގިލަން' 50 ވުރެ ގިނަ ރަށުގައި އަޅުވަން ނިންމައިފި އެވެ.
Advertisement

އަންނަ އަންގާރަ ދުވަހުގެރޭ ޕްރިމިއާ ކުރާ މި ފިލްމަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަން އެވެ. 

އައިލެންޑް ސިނަމާއި އުފައްދާ އަމްޖޭ ޕްރޮޑިއުސްކުރާ މި ފިލްމަކީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމްގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަދުި ފިލްމުގެ ސްކްރީންޕެލޭވެސް ލިޔެފައިވަނީ އޭނާއެވެ. މި ފިލްމުގައި ދައްކުވައިދެނީ އާއިލީ ތެރޭގައި އޮންނަ ސިއްރު ލޯބީގެ ގުޅުންތަކާއި އެއާި ގުޅިފައިވާ ރޫހާނީ ކަންތައްތަކެއްގެ ވާހަކައެވެ.

މާލޭގެ އިތުރުން މި ފިލްމު ރާއްޖޭގެ 50 ވުރެ ގިނަ ރަށުގައި އަޅުވަން މިހާރު ވަނީ ނިންމާފައެވެ. އަދިވެސް އިތުރު ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތްކަމަށް މި ފިލްމު ގެނެސްދޭ އައިލެންޑް ސިނަމާއިން ބުނެއެވެ. މި ފިލްމު ރަށްރަށުގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9111164 ނުވަތަ 7779621 އަށް ވައިބާ ކުރުމަށް އައިލެންޑް ސިނަމާ އިން ވަނީ އެދިފަ އެވެ. 

މި ފިލުމްމުގެ ލީޑް ކާސްޓުންނަކީ މަޝްހޫރު އެކްޓަރާއި ޑައިރެކްޓާ ޔޫސުފް ޝަފީއު (ޔޫއްޕެ)  އާއި ފާތުމަތު އާޒިފާ (އަޒޫ) އެވެ. މީގެއިތުރުން މި ފިލުމުގެ މުހިއްމު ރޯލްތަކުން އަޒޫގެ ފިރިމީހާ އަހުމަދު ސައީދާއިި އައިމިނަތު ނޫރާ އާއި ދަރާ މުހައްމަދު ރަޝީދާއި މަރިޔަމް ޝަކީލާވެސް ފެނިގެން ދެއެވެ. 

ފިލްމު އެޑިޓްކޮށްފައިވަނީ ރަވީ ފާރޫގް އެވެ. ފިލްމަށް މިއުޒިކް ހަދާދީފައިވަނީ އައްޔުމަން ޝަރީފެވެ. ކެމެރާމަނަކީ އިބްރާހިމް ވިސާމް (ކަނޑި)އެވެ.

އަމްޖޭގެ ގިލަން އަކީ އޮލިމްޕަހުގައި މި އަހަރު އަޅުވާ 5 ވަނަ ފިލްމެވެ. މި ފިލްމުގެ ޓިކެޓް މިމަހުގެ 14 ވަނަދުވަހުން ފެށިގެން ވިއްކަން ފަށާނެ އެވެ.

އަމްޖޭ އެންމެފަހުން ގެނެސްދިން ފިލްމަކީ 2024 ގައި އެޅުވި "އުދަބާނި 2" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;