އެންމެންގެ މައްޗަށް ކްރިމިނަލްކޯޓުން ނެރުނު ގެގް އޯޑަރު ބާތިލްކޮށްދިނުމަށް އެދި ފުރަތަމަ ހައި ކޯޓަށް ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ. އެހެންނަމަވެސް، އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފްކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން އަލުން އެ މައްސަލަ ހުށައެޅީ 'އަދަދު' ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާއެވެ.
ބާ ކައުންސިލުން މިއަދު ބުނީ ގެގް އޯޑަރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އެ ކައުންސިލުން ތަދައްހުލުވާން މިއަދު ކޯޓަށް ހުށައަޅާފައިވާކަަމަށެވެ. އަދި އެ މައްސަލައަށް ތަދައްހުލު ނިންމީ ޑިއު ޕްރޮސެސް އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އަދި މީޑިއާގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދިފާއުގައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށްވެސް ބާ ކައުންސިލުން ބުނެެއެވެ.
ގެގް އޯޑަރުގެ މައްސަލާގައި ބާ ކައުންސިލުން މީގެ ކުރިން ވަނީ ގެގް އޯޑަރު ބާތިލްކޮށޭން ޕީޖީގައި ވެސް އެދިފައެވެ.
އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީ މައްސަލާގައި ކްރިމިނަލްކޯޓުން އެންމެންގެ މައްޗަށް ނެރުނު އަމުރުގައި ވަނީ އެ މައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިގައިވާ ހާދިސާއާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލާ ސިއްރުކޮށްގެން ގެންދާތީ މައްސަލަގައި ހުށައާޅާގައިވާ ލިޔުންތަކާއި ޝަރީއަތުގެ ވާހަކަތައްވެސް ނުފެތުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަމުރުގައި ނުކުރަން އަންގާފައިވާކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ބެލިދާނެކަމަށްވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުނީ ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން އެދުމާ ގުޅިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;