ads
ފުލުހުން ތުހުމަތު ކުރަނީ 1.8 ކިލޯ ޑުރަގު ކޭސްގެ އިސް މީހަކީ ރޫނާ ކަމަށް
ދޮޅު ކިލޯގެ ޑްރަގު ކޭސް: އަލްޔާގެ އިނގިލި ރޫނާއާ ދިމާލަށް
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެ އަންހެނުންގެ ތެރެއިން އެކަކު، އަނެކަކާ ދިމާލަށް މައްސަލައިގައި ތުހުމަތުގެ އިނގިލި ދިއްކޮށްފިއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން ދޮޅު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޢަލްޔާ ޝަރްސާ ނަޞީރުވަނީ އެ މައްސަލައިގައި އޭނާއާއެކު ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާގެ މައްޗަށް ގްރޫމް ކުރުމުގެ ތުހުމަތުކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހު، ވައިގެ މަގުން ރާއްޖެއަށް ޑްރަގު އެތެރެކުރި މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ އަލްޔާއެވެ. އަލްޔާ އެއާޕޯޓުން ހައްޔަރުކުރުމަށް ފަހު، ހަމަ އެ ރޭ، ރޫނާވެސްވަނީ ހައްޔަރުކޮށްފައެވެ. އޭރުއްސުރެ ދެ މީހުން ތިބީ ބަންދުކޮށްފައެވެ.

އެ ދެ މީހުންގެ ބަންދު މުރާޖައާކުރުމަށް ހާޒިރުކުރުމުން އަލްޔާގެ ފަރާތުން ތުހުމަތުކުރީ، ރޫނާ އޭނާ ގްރޫމްކޮށް ކުށްކުރަން ބޭނުންކުރި ކަމަށާއި، އެކަމަށް ޓަކައި އޭނާ ރާއްޖޭން ބޭރަށް ފޮނުވަމުން ދިޔަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;