ads
އެމްޕީއެލްގެ ސަރަހައްދު
ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ
ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ތިން ކޮންޓެއިނަރު އަދިވެސް ނުފެންނަކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ ކޮންޓެއިނަރުތައް ވެއްޓިފައިވަނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުންކަމަށެވެ. އަދި އެ ކޮންޓެނަރުތައް މޫދަށް ވެއްޓުނުކަމުގެ ރިޕޯޓް ލިބުނީ ދަންވަރުކަމަށްވެސް ފުލުހުން ބުނެއެވެ. 

މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

ފުލުހުން ބުނީ މޫދަށް ވެއްޓުނީ ފަސް ކޮންޓެއިނަރުކަމަށެވެ. އޭގެ ތެރެއިން މިހާތަނަށޤ ދޭތި ފެނިފައިވާއިރު އަނެއް ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;