ads
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދެނީ--
ހިމަބިހި ފެތުރޭތީ އެންމެފަހުން 18 އަހަރުން ދަށުކުގެ ކުދިންނަށް ވެކްސިން ޖަހަން ފަށައިފި
ރާއްޖެއިން ނައްތާލާގައިވާ ހިމަބިހި ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދޭން ފަށައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.
Advertisement

މާލޭ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ ބަޔަކު ފެނުނުކަމަށް އެޗްޕީއޭން ބުނީ މިިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.  

އޭގެ ފަހުން ހިމަބިހި ފެތުރެމުން އަންނައިރު އެޗްޕީއޭއިން ބުނީ، ހިމަބިއްސަށް މިދިޔަ ހަފުތާގައިވެސް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު، މި އަހަރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 22 އަރާފައެވެ. ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރޭގައި 2 ބިދޭސީއަކުވެސް ހިމެނެއެވެ. 

އެޗްޕީއޭއިން ބުނީ ހިމަބިހިން ރައްކާތެރިވުމަށް ދޭ އެމްއާރު ވެކްސިން މާލެ ސަރަޙައްދުގައި ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށްކަމަށް އެޗްޕީއޭއިން ބުނެއެވެ. މި އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 28 ޖޫން އިން 30 ޖޫން ގެ ނިޔަލަށްކަމަށާއި އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. 

your imageހިމަބިހިން ރައްކާތެރިވާން ޖެހާ ވެކްސިން ޖަހާދޭ ތަންތަނާއި ގަޑިތައް

ހިމަބިހިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް

  • ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.
  •  ފަރުވާ ހޯދަން ދާއިރު މާސްކު އަަޅައިގެން ދިއުން
  • އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް( ބަސް، ފެރީ، ޓެކްސީ ) ބޭނުން ނުކުރުންް 
  • ހިމަ ބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން. 
  • ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން 

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ރާއްޖެއިން ފެނިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;