ads
ކުރިއަށް އޮތީ މޫސުން ގޯސް ދެ ދުވަސް ގަދަ ވަޔާއެކު ކަނޑުތައް ގަދަވާނެ
ކުރިއަށް އޮތް ދެދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްކަމަށާއި ވަޔާއި ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement

މެޓް އޮފީހުން ބުނީ މިއަދުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މެޓް އޮފީހުން މިހާރުވެސް ވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮޑް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

އެހެން ހިސާބުތަކުގެ މޫސުމަށް ބަލާލާއިރު ބައެއް އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަަމަށް މެޓް އޮފީހުން ބުނެއެވެ. ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;