މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕޯޗުގަލް އާއި ކޮލަމްބިއާ އަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ކޮލަމްބިއާގެ ފޯވާޑް، ޖޯން ކޮޑޯބާ ހުސްކޮށް އަރައި ބޮލުން ޖެހި ބޯޅަ ހުރަސްދަނޑިމަތިން ބޭރަށް ދިޔައިރު، ކޮލަމްބިއާގެ ޖޯން އަރިއަސް ފޮނުވާލި ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޯޗުގަލްގެ ކީޕަރު، ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ.
ޕޯޗުގަލް އަށް ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރޫނޯ ފެނާންޑޭސް އަށެވެ. ނަމަވެސް އޭރިއާތެރެއިން ފެނާންޑޭސް ފޮނުވާލި ހަމަލާ ކޮލަމްބިއާގެ ކީޕަރު ކަމީލޯ ވާގާސް ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ވެސް ކޮލަމްބިއާ އިން އެޓޭކަށް ޖެހިގެން ގިނަ ހަަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ބަދަލަކަށް ކުޅެން އެރި ރިޗަޑް ރިއޯސް އަށް އޭރިއާތެރެއިން ހުސްކޮށް ފޮނުވާލަން ލިބުނު ފުރުސަތެއްގައި ޖެހި ޝޮޓް އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. މެޗުގެ ފަހު ވަގުތު ވެސް ޕޯޗުގަލްގެ ކީޕަރު ކޮސްޓާ ވަނީ ރަނގަޅު ހަމަލާތަކެއް ހުއްޓުަވައިފަ އެެވެ.
މެޗުގެ އިތުރު ވަގުތުގައި ކޮލަމްބިއާގެ ޑިފެންޑަރު، ޑަވިންސަން ސަންޗޭޒް ވަނީ ބޮލުން ގޯލު ޖަހައި ކޮލަމްބިއާ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެއީ، ވީއޭއާރް އިން ބަލައިފަ އެވެ.
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ އުޒްބެކިސްތާން މެޗަށްފަހު އުފާފާޅުކުރި ނަމަވެސް، ކޮލަމްބިއާގެ ޑިފެންޑަރުން އޭނާ މުޅިން ހުއްޓުވި އެވެ.
ޕޯޗުގަލްއަތުން ލިބުނު ޕްއިންޓާއެކު ކޮލަމްބިއާއިން ގްރޫޕުގެ އެއްވަނަ ހޯދާފައިވަނީ ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ނިންމާލަން ޖެހުނު ޕޯޗުގަލަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި އުޒްބެސްކިތާން ބަލިކޮށް، ޑީއާރް ކޮންގޯ އިން ވަނީ ހަތަރު ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
ކޮންގޯއަށް ދެވަނަ ބުރުން ޖާގައެއް ލިބެނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ހިމެނިގެންނެވެ. އެ ގުރޫޕްގެ އަނެއް މެޗުގައި ޑީއާރު ކޮންގޯއިން ވަނީ އުޒްބެކިސްތާން އަތުން 3-1 އިން މޮޅުވެ، ތާރީހީ މޮޅެއް ހޯދާފަ އެވެ.
އެމެރިކާގެ ފިލަޑެލްފިއާގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި ކުޅުނު މި މެޗުގައި އުޒްބެކިސްތާނުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ކޮންގޯއިން ވަނީ ފަހަތުން އަރާ ތިން ލަނޑު ޖަހާފައެވެ އެވެ.
އުޒްބެކިސްތާނުން މުބާރާތް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެގެންނެވެ. ގަދަ 32 ޓީމުގެ ބުރުގައި، ކޮންގޯ އިން ކުޅޭނީ އިންގްލެންޑާ އެވެ. ޕޯޗުގަލް އިން ކުޅޭނީ ކްރޮއޭޝިއާއާ އެވެ. އަދި، ކޮލަމްބިއާ އިން ކުޅޭނީ ގާނާއާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;