ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނިންމައިފިއެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބާތިލުކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައި ވަނީ ސޭވް މޯލްޑިވްސް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ތިމާވެށީގެ އެކްޓިވްސްޓް ހުމައިދާ އަބްދުލްޣަފޫރާއި މ. މާމުލި، މުހައްމަދު ސިނީންގެ ފަރާތުންނެވެ.
މި މައްސަލަ ބަލައިގަންނަން ނިންމީ ދެ ފަހަރެއްގެ މަތިން ހުށަހެޅުމުންނެވެ. އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުމާއެކު ބޭރުކޮށްލީ މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހެވެ. ދެވަނަ ފަހަރަށް ބޭރުކޮށްލީ މިދިޔަ އޭޕްރީލް މަހެވެ. އެކަމަކު، ރަޖިސްޓްރާގެ ނިންމުން ރިވިޔު ކުރަން ހުށަހެޅުމުން، ހައިކޯޓުގައި އެ ނިންމުން ރިވިއު ކުރި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ މައްސަލަ ހައިކޯޓަށް ބަލައިގަންނާށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;