ads
އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 1،190 ފްލެޓުގެ ބިންގާ އަޅައިދެއްވަނީ - ފައިލް ފޮޓޯ: ރައީސް އޮފީސް
ބީއެމްއެލް އެފޯޑަބަލް ހައުސިންގެ ދަށުން އިތުރު 710 ހައުސިން ޔުނިޓް އިމާރާތްކުރަނީ
ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލެ ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ "އެފޯޑަބަލް" ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިތުރު 710 ހައުސިންް ޔުނިޓް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
Advertisement

ރައީސް އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ނޫސްވެރިންނާ ބައްދަލުކުރުމަށް ކުރިއަށްގެންދާ "ޕްރެސާ ވިތު ސްޕޮކްސް" ޕްރޮގްރާމްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުންދު މިއަދު ވިދާޅުވީ އިތުރު ހައުސިން ޔުނިޓް އިމާރާތްކުރުމުގެ ކެޕޭސިޓީ ބީއެމްއެލްގައި އެބަހުރި ކަމަށެވެ.

މުންދު ވިދާޅުވި ގޮތުގައި މިހާރު އެ ހައުސިން ޔުނިޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވޭ ހިސާބަށް މަސައްކަތް ވަނީ ގޮސްފަ އެވެ. 

ބީއެމްއެލްއާ ހަވާލު ކުރެވުނު ހައުސިން ޔުނިޓްތަކުގެ ތެރެއިން އެއް ޕްރޮޖެކްޓް ފިޔަވައި ހުރިހާ ތަނެއްގެ ޑިޒައިން ނިމިފައިވާ ކަމަށާއި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މުންދު ވިދާޅުވި އެވެ.

"ބީއެމްއެލްގެ ކެޕޭސިޓީ އެބަހުރި އަދި އެ ކެޕޭސިޓީ އިތުރުކޮށްލަން. އެހެންވީމަ 3،260 މިހާރު އެވޯޑު ކުރެވުނީ، އަދި އިތުރު 710 ހަމަ އެ ސްކީމްގެ ތެރެއިން އެބަ ވެއްދޭ،" މުންދު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލްއިން އަޅާ އަގުހެޔޮ ހައުސިން ޔުނިޓުތަކުގެ ކުލި އުޅޭނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ޝަރީފް ވިދާޅުވީ އެ ފުލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ހުރިހާ ކޮންޓްރެކްޓަރުން އެއްބަސްވެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާއެކު ހައުސިން މިނިސްޓްރީއާއި ބީއެމްއެލް ގުޅިގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ، އަގުހެޔޮ ފުލެޓަށް ކަނޑައެޅޭ ކެޓަގަރީގެ މީހުންނަށް، ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާޓްމަންޓުތަކެކެވެ. ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައެވެ. 

އެގޮތުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ. މިހާތަނަށް ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އިމާރާތް ކުރާ 1224 ހައުސިން ޔުނިޓްއާ ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;