ads
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު
ދުންފަތުން މުޖުތަމައު ސަލާމަތްކުރުމަށް ވިޔަފާރިވެރިން އިސްނަގަންޖެހޭ
ދުންފަތް އިސްތިއުމާލު ކުރުމުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތް ކުރުމަށް ދިވެހި ވިޔަފާރިވެރިން އިސްނެގުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
Advertisement

އެކަމަނާ މިކަމަށް ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުން އިސްތިއުމާލުނުކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މ.މުލަކުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. 

އެކަމަނާގެ ވާހަކަފުޅުގައި ދުންފަތުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި، އެ ވަބާއިން ސަލާމަތްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.

"ދުންފަތުގެ ގެއްލުންތަކާމެދު ވިސްނާއިރު އެއީ އިސްރާފުކުރެވޭ ފައިސާތަކެއް. ހަށިގަނޑަށް ގެއްލުންދޭން ކުރެވޭ ހަރަދުތަކެއް. ދެވަނަ ކަމަކަށް ދިރި ހުރުމަށާއި ދިރިއުޅުމަށް ހުރަސް އެޅޭ ކަމެއް. ފުއްޕާމޭގެ ބަލިތަކާއި، ކެންސަރާއި ހިތުގެ މައްސަލަތަކާއި، މިހެން ގޮސް ހަށިގަނޑުގެ އެތެރޭގެ ހިންގުމުގެ މުޅި ނިޒާމު ފެއިލްކޮށްލާ ވިހައެއް،" ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވި އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މިއަހަރުގެ ޝިއާރަށް އިޝާރާތްކުރައްވައި ސާޖިދާ ވިދާޅުވީ، އެކި ދުވަސްވަރު އެކި ގޮތްގޮތަށް ދުންފަތް އިޝްތިހާރު ކުރަމުންދާ ކަމަށެވެ. 

މިހާރު އާންމުކޮށް އެފަދަ އިޝްތިހާރު ނުކުރެވުނު ނަމަވެސް އަދިވެސް ސިއްރުން ތަފާތު ގޮތްގޮތުން މީހުން ޝައުޤުވެރި ކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ދަލުގައި ޖެހުމަށްވުރެ ތޫނުފިލިކަން އިސްކުރެއްވުމަށް އެކަމަނާ ގޮވާލެއްވި އެވެ.

އަމިއްލަ ސިއްހަތާއި ހަށިގަނޑަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ކުރަން އެއްވެސް މީހަކު ބޭނުންނުވާނެކަން ފާހަގަކުރައްވައި، ފަސްޓް ލޭޑީ ވަނީ އެ ވަބާއިން ދުރުވުމަށް އާ އަޒުމަކާއެކު މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;